މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބޭބީ ނާސަރީ، ނާސަރީއަށް ކުދިން ވެއްދުމާއިގުޅޭ
އިޢުލާން
ބޭބީ ނާސަރީ، ނާސަރީއަށް ކުދިން ވެއްދުމާއިގުޅޭ
2027 ދިރާސީ އައު އަހަރަށް ރ. އިނގުރައިދޫ ޕްލޭ ސްކޫލަށް ކުދިން ވެއްދުމަށް ކުރެވުނު ނަންބަރު: (IUL)309-AHI/309/2026/96 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު: 22-E/CIR/2025/15 (23 ނޮވެމްބަރ 2025) ސަރކިއުލަރ ވާގޮތަށް ބޭބީ ނަސަރީ އަދި ނާސަރީ އަށް ކުދިން ވައްދާ ކަޓް އޮފް ތާރީޚަށް ވަނީ ބަދަލުގެނެވިފައެވެ. އެހެންކަމުން 2027 ވަނަ އަހަރު ޕްރީ ސްކޫލަށް ކުދިން ވެއްދުމުގައި އަމަލުކުރުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ގޮތަށެވެ.
- ބޭބީ ނާސަރީ - 31 ޑިސެމްބަރު 2026 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން.
- ނާސަރީ - 31 ޑިސެމްބަރު 2026 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން.
- ޕްލޭ ސްކޫލް ފީ – މަހަކު -/250
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
29 ނޮވެންބަރު 2026
ހޯދާ
