މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު އެސިސްޓެންޓް ގްރޭޑް 1 ގެ މަޤާމަށް މީހަކު ހޯދުން

އިޢުލާނު

މަޤާމު:

މިސްކިތު އެސިސްޓެންޓް ގްރޭޑް 1

މަޤާމުގެ ނަންބަރު:

J-427008

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 1 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރަ (ކައުންސިލް އިދާރާއިން އަންގާ މިސްކިތްތަކުގައި)

އޮގަނައިޒޭޝަން ޔުނިޓް:

އިކޮނޮމިކް އެންޑް ސޯސިއަލް ޑިވެލޮޕްމަންޓް ޔުނިޓް

މުސާރަ:

މަހަކު: 7530.00 (ހަތްހާސް ފަސްސަތޭކަ ތިރީސް) ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު:  1935.00 (އެއްހާސް ނުވަސަތޭކަ ތިރީސް ފަހެއް) ރުފިޔާ

ޙަޒިރީ އެލަވަންސް:

މި މަގާމަށް ހާޒިރީ ޢިނާޔަތް ދެވޭނީ "ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ދަށުން މިސްކިތު މުވައްޒަފުންނަށް ކަނޑައަޅާ ޚާއްޞަ ޢިނާޔަތްތައް (ދެވަނަ އިސްލާހް)" ގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން،

  1. ފަތިސް ނަމާދަށް: 55.00 ރުފިޔާ
  2. މެންދުރު، ޢަޞުރު، މަޣްރިބް އަދި ޢިޝާ، ކޮންމެ ނަމާދަކަށް 25.00 ރުފިޔާ
  3. ހުކުރު، ތަރާވީކް، ޢިދު، ކޭތަ، ކަށުނަމާދު އަދި ދަމުނަމާދު، ޙާޟިރުވާ ކޮންމެ ނަމާދަކަށް 55.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދައުލަތުގެ ޕޭ ފްރޭމްވޯރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބޭހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ރަމަޟާން މަހުގެ ޢިނާޔަތް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އެހީތެރިވުމާއި، ކައުންސިލުގެ ނިންމުންތަކަށް އިޙްތިރާމްކުރުން.
  3. ކައުންސިލް އިދާރާއިން ހަމަޖައްސާ މިސްކިތަކަށް ފަރުޟު ފަސްނަމާދުގެ ވަގުތު ޖެހުމުގެ 15 މިނިޓް ކުރިން ޙާޟިރުވެ، ކޮންމެ ނަމާދު ވަގުތަކަށް މިސްކިތުގެ އެތެރެއާއި، މިސްކިތުގެ އިސްކުރުބަރިއާއި، މިސްކިތުގެ ފާޚާނާތަކާއި އިސްކުރުބަރި ސާފުކުރުން.
  4. ކޮންމެ ނަމާދުވަގުތަކަށް ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް އޭސީ ޖެއްސުމާއި ނިއްވުމާއި ފަންކާ ޖެހުމާއި، ދިއްލަންޖެހޭ ބޮކިތައް ދިއްލުމާއި، ނަމާދު ނިމުމުން ފަންކާތަކާއި ބޮކިތައް ނިއްވުން
  5. ނަމާދުކޮށް ނިމިގެން 15 މިނެޓަށް މަޑުކޮށް އޭސީ ނިއްވުމާއި،ފަންކާތަކާއި، ބޮކިތައް ނިއްވުމާއި، ފާޚާނާތައް ސާފުކުރުން ފަދަ މަސައްކަތްތައްކުރުން.
  6. ދޮރުތައް ހުޅުވަންޖެހޭ މިސްކިތެއް ނަމަ، ކޮންމެ ނަމާދު ވަގުތަކަށް މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ނަމާދު ނިމުމުން ދޮރުތައް ލެއްޕުން.
  7. ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު މިސްކިތުގެ ގޯތި ތެރެއާއި މިސްކިތުގެ ވަށައިގެންވާ މަގުތައް ސާފުކުރުން.
  8. މިސްކިތުގެ ގޯތިތެރެއަށާއި، މަގުމައްޗަށް ފެންޖެހުން އަދި ކޮންމެ ދުވަހަކު ވޯކުވޭ ގައުތައް ދޮވެ ސާފުކުރުން.
  9. މިސްކިތުގެ އެތެރެ ކޮންމެ ނަމާދު ވަގުތަކަށް ކުނިކަހައި މޮޕްލައި ސާފުކުރުން
  10. ކޮންމެ ދުވަހަކު 5 ނަމާދު ވަގުތަށް ފާޚާނާތަކާއި، އިސްކުރުބަރިއާއި، ވަޅުދޮށް ސާފުކުރުމާއި ނަމާދު ޖަމާޢަތުގެ ވަގުތު ނިމުމުން ސާފުކުރުން
  11. މިސްކިތުގެ ކަބަޑުތައް ފޮޅާ ސާފުކުރުމާއި، ފޮތްތަކުގެ ހިރަފުސް ސާފުކުރުމާއި މިސްކިތުގެ ދޮރާއި ދޮރުފަތްތައް ސީލިންގތަކާއި ފަންކާ އާއި އެހެނިހެން އިލެކްޓްރިކް އިލެކްޓޯނިކް އާލާތްތައް ސާފުކުރުން.
  12. މިސްކިތުގެ ވަޅުތަކުގެ ދިޔަހިއްކާ ސާފުކުރުން އަދި މިސްކިތުގެ ފުރާޅާއި ދިޔަ ދޮވި ސާފުކުރުން.
  13. މިސްކިތުގެ އެތެރެއާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތުގެ މަގުމަތި ކުނި ކަހާ ސާފުކުރުމުގެ މަސައްކަތްކުރުން.
  14. ހުކުރުނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދާއި، ކަށު ނަމާދާއި، ތަރާވީހް ނަމާދު ފަދަ ނަމާދުތަކަށާއި، ދަރުސްތަކަށް މިސްކިތް ތައްޔާރު ކުރުމާއި އެ ނަމާދުތައް ނިމެންދެން މިސްކިތުގައި ތިބުން.
  15.  ކޮންމެ ދުވަހަކު މަދުވެގެން 2 ފަހަރު މިސްކިތުގެ ބަގީޗާތަކަށް ފެންދީ ގަސްތައް ބެލެހެއްޓުން
  16. މިސްކިތުގައި ޤާއިމުކޮށްފައިވާ ސައުންޑް ސިސްޓަމާއި އެންމެހައި ކަރަންޓު ސާމާނުތައް ރައްކާތެރިކަމާ އެކު ބެލެހެއްޓުމާއި، މިސްކިތައް ގެނެވޭ ތަކެތިން އިސްރާފުނުކޮށް ރައްކާތެރިކަމާއެކު ބޭނުން ކުރުން
  17. މިސްކިތައި މިސްކިތުގައި ޤާއިމުކުރެވިފައިވާ ތަކެއްޗަށް ލިބޭ ކުދި ގެއްލުންތައް މަރާމާތު ކުރުމާއި، މަރާމާތު ކުރުމުގައި އެހީތެރިވުން
  18. ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކައުންސިލުން ރާވައި ހިންގާ ދީނީ އަދި އިޖްތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެ ކައުންސިލަށް އެއްބާރުލުން ދިނުން.
  19. ކައުންސިލުން ހިންގާ އިޖްތިމާޢީ ޙަރަކާތްތަކައި، ބާއްވާ އިވެންޓް ތަކުގައި ބައިވެރިވެ އެހީތެރިވުން
  20. ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސުޕަވައިޒަރަށް ނުވަތަ ރިޕޯޓުކުރަންޖެހޭ އިދާރާގެ ކަމާގުޅޭ ސެކްޝަނަށް ރިޕޯޓްކުރަންޖެހޭ ކަންކަން ޤަވާޢިދުން އަންގަމުންދިޔުން.
  21.  ޚާއްޞަ ހާލަތެއް ދިމާވެގެން ހަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުމާއި، މަސައްކަތާ ގުޅިގެން އެހެން ސެކްޝަންތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުން.
  22. ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ބޮޑެތި މަސައްކަތްތަކުގައާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރުން.
  23. ކައުންސިލާއި މިނިސްޓްރީ އިން މިސްކިތްތަކަށް ގެނެވޭ ތަކެތި އުފުލުމާއި، އެއްތަނުން އަނެއް ތަނަށް އުފުލަންޖެހޭ ތަކެތި އުފުލުމުގައި އެހީތެރިވުން
  24. ވަޒީފާގެ މަސަޢޫލިއްޔަތާއި ގުޅިގެން، ޔުނިޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ޒިންމާދާރު ވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން
  25. ކައުންސިލުގެ އިދާރާއިން އިސްނަގައިގެން ހުރިހާ މުވައްޒަފުން ޝާމިލުވެގެން ހިންގާ އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިޖްތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން
  26. ޚާއްޞަ ޙާލަތްތަކާއި ކުއްލިގޮތުން ޙަވާލުކުރެވޭ ކަންކަމާއި، ދިމާވާ ބޮޑެތި ކަންތައްތަކާއި، ގުޅިގެން ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރުން.
  27. މީގެ އިތުރުން މިސްކިތުގެ މަސައްކަތު މުވައްޒަފުން ޗުއްޓީ ނަންގަވާއި އަދި ސަލާމް ބުނާ ދުވަސްތަކުގައި، ހަމަޖައްސަވާ މިސްކިތެއްގައި މަސައްކަތް ކުރުން

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން އެނގުން؛

ނުވަތަ

  1. މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް (ގުޅޭ ވަޒީފާގެ ދާއިރާތައް)

  1. ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

05

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

05

އިންޓަރވިއު

40

ޖުމުލަ:

100

ނޯޓު: މަޤާމަށް އައްޔަނުކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  08 ޑިސެމްބަރު 2026 އާއި 20 ޑިސެމްބަރު 2026 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6584030 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

19 ޖުމާދަލްއާޚިރާ 1448

28 ނޮވެންބަރު 2026
ހޯދާ