މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ މާކެޓިންގ އޮފިސަރ

މަޤާމް :ސީނިއަރ މާކެޓިންގ އޮފިސަރ (ޕީ. އެސް. ރޭންކް 7 )
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ސީނިއަރ މާކެޓިންގ އޮފިސަރ (ޕީ. އެސް. ރޭންކް 7)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / މާކެޓިންގ ޑިވިޜަން / މާކެޓިންގ އެންޑް އެޑްވަރޓައިޒިންގ ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/9,845 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު -/4,595 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/125  ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މި އޮތޯރިޓީގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން ސްޓްރެޓެޖީއަށް އެހީތެރިވެދިނުމަށްޓަކައި ގްރެފިކްސް ޑިޒައިން ކުރުމުގެ އިތުރުން، އެކިއެކި މީޑިއާތަކަށް އެކަށޭނެ ކޮންޓެންޓް އުފެއްދުން. މި ގޮތުން ވިޝުއަލް ކޮންޓެންޓްގެ ގޮތުގައި މި އޮތޯރިޓީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް (ފޭސްބުކް، އެކްސް، އިންސްޓަގްރާމް، ލިންކްޑްއިން އަދި ޓިކްޓޮކް) ރީތިކޮށް ފަރުމާކޮށްފައިވާ ޕޯސްޓް، ސްޓޯރީ އަދި އެހެނިހެން ވިޝުއަލް މެޓީރިއަލް ތައްޔާރުކުރުމާއި ބެނަރ، އިންފޮގްރެފިކްސް، ޕޯސްޓަރު، ފްލަޔަރ، ބްރޯޝަރ ފަދަ ތަކެތި ޑިޒައިންކުރުމާއި ވީޑިއޯ ކޮންޓެންޓް ތައްޔާރުކުރުމާއި ވީޑިއޯތަކަށް ބޭނުންވާ ގްރެފިކްސް އާއި އެނިމޭޝަން ތައްޔާރުކުރުން.

ޝަރުޠު:

 -މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

(މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް: އެޑްވަޓައިޒިންގ، ޕަބްލިކް ރިލޭޝަންސް އެންޑް އެޑްވަޓައިޒިންގ، މާކެޓިންގ އެންޑް އެޑްވަޓައިޒިންގ، އެޑްވަޓައިޒިންގ އެންޑް ބްރޭންޑިންގ، އެޑްވަޓައިޒިންގ އެންޑް ބްރޭންޑް ޑިޒައިން، އެޑްވަޓައިޒިންގ އެންޑް ބްރޭންޑް މެނޭޖްމަންޓް، ޑިޖިޓަލް އެޑްވަޓައިޒިންގ، ކްރިއޭޓިވް އެޑްވަޓައިޒިންގ.

މާކެޓިންގ، ޑިޖިޓަލް މާކެޓިންގ، މާކެޓިންގ މެނޭޖްމަންޓް، ބްރޭންޑް އެންޑް މާކެޓިންގ މެނޭޖްމަންޓް،  މާކެޓިންގ އެންޑް މީޑިއަ،     ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިންގ.

ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގ، ބިޒްނަސް މެނޭޖްމަންޓް (މާކެޓިންގ).

ގްރެފިކް ޑިޒައިން، ގްރެފިކް އެންޑް ޑިޖިޓަލް ޑިޒައިން، ގްރެފިކް އެންޑް މަލްޓިމީޑިއާ، ގްރެފިކް ޑިޒައިން އެންޑް ޓައިޕޯގްރަފީ، ގްރެފިކް ކޮމިއުނިކޭޝަން، ގްރެފިކް ކޮމިއުނިކޭޝަން ޑިޒައިން، ގްރެފިކް ޑިޒައިން އެންޑް ޑިޖިޓަލް މާކެޓިންގ، ގްރެފިކް އާޓްސް، ކޮމްޕިއުޓަރ ގްރެފިކް ޑިޒައިން.

މަލްޓިމީޑިއާ ޑިޒައިން، ގްރެފިކްސް އެންޑް މަލްޓިމީޑިއާ، މަލްޓިމީޑިއާ ޓެކްނޯލޮޖީ.

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

 

ނޯޓް:

-  އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.

-  މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-  މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

-  މި އިއުލާނުން އިއުލާނުކޮށްފައިވާ މަގާމެއްގެ ރެކްރޫޓްމަންޓް މުއްދަތުގެ ތެރޭގައި އެ ލެވެލްގެ އިތުރު މަގާމެއް ހުސްވެއްޖެނަމަ މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަލަށް ހުސްވާ މަގާމަށް މުވައްޒަފަކު ނެގިދާނެއެވެ.

-  އިޢުލާނުކޮށްފައިވާ މަގާމުގެ ބޭންޑްގެ ތެރޭގައި ހިމެނޭ މަގާމެއްގައި ހުރި މީރާގެ މުވައްޒަފަކު މި އިޢުލާނަށް ކުރިމަތިލައި ހޮވިއްޖެނަމަ، މި އިޢުލާނުގެ ތެރެއިން އެ މުވައްޒަފުގެ ވަޒީފާ ހަމަޖެއްސިގެންދާނީ މުވައްޒަފު ހުރި މަގާމުންނެވެ.

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 03 ޑިސެންބަރު 2026 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް

Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

                                                          

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

 

17 ޖުމާދަލްއާޚިރާ 1448

26 ނޮވެންބަރު 2026

26 ނޮވެންބަރު 2026
ހޯދާ