ދިވެހިރާއްޖެ
ގދ.ރަތަފަންދޫ އިޖުތިމާޢީ ސަރަޙައްދުގެ ބިން ސާފުކޮށް ބެލެހެއްޓުމާއިބެހޭ އުސޫލާ އެއްގޮތައް ރަށުގެ އިޖުތިމާޢީ ސަރަހައްދުގެ ބިންތައް 08 ލާރީގެ ރޭޓުން 1 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކެއް ބޭނުންވެއްޖެއެވެ.
މައިގަނޑު މަސައްކަތްތައް:
- ކަނޑައަޅާ އިޖްތިމާޢީ ސަރަޙައްދުތަކުގެ ބިންތަކުގެ ތެރެއިން ނުދެވި ހުރި 03 ބިން ކުނިކަހައި ސާފުކުރުން.
- ގދ.ރަތަފަންދޫ ކުނިއުކައިލުމާއި ކުނިނައްތާލުމާބެހޭ ޤަވާއިދު އަދި ކުނިއުކާލުމުގައި އަމަލުކުރަންވީގޮތުގެ، އުޞޫލާއި އެއްގޮތަށް ކުނި ނައްތާލުން.
- ގދ.ރަތަފަންދޫ ޤަބުރުސްތާންގެ (21576 އަކަފޫޓު ) ސަރަޙައްދު ސާފުތާހިރުކޮށް ބެލެހެއްޓުން.
- މަސްޖިދުލް ޢިއުތިޒާޒު ގޯތިތެރޭގައިހިމެނޭ ގަބުރުސްތާން (10024 އަކަފޫޓު) ސަރަޙައްދު ސާފުތާހިރުކޮށް ބެލެހެއްޓުން.
- ވަލު މިސްކިތުގެ ގޯތިތެރޭގައިހިމެނޭ ގަބުރުސްތާން (16157 އަކަފޫޓު) ސަރަޙައްދު ސާފުތާހިރުކޮށް ބެލެހެއްޓުން.
ޝަރުޠުތައް:
- ދިވެހި ރައްޔިތެއް ކަމުގައިވުން.
- ޢުމުރުން 18 އަހަރާއި 70 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
- މަސައްކަތް ކުރެވޭ ފަދަ ޞިއްޙީ ދުޅަހެޔޮކަމެއްގައި ހުރި ފަރާތަކަށް ވުން.
- ސަރުކާރުގެ އެއްވެސް ވަޒީފާއެއްގައި އުޅޭފަރާތަކަށް ނުވުން.
- ސަޙަރާ ސާފުކުރުމަށް ކުރިމަތި ލެވޭނީ ހަމައެކަނި ފިރިހެން ބޭފުންނަން.
- ކުރިން އިޖުތިމާޢީ ސަރަހައްދުން ބިންތަށް ލިބިފައި ނުވާފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
އެޕްލިކޭޝަން ހުށަހެޅުން:
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި މިކަމަށް އެދި ހުށަހަޅާ ފަރާތުގެ އަމިއްލަ ބޭންކު އެކައުންޓް ތަފްޞީލު (އެކައުންޓް ސްލިޕް) 03 ޑިސެންބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް އެދޭ ފޯމު މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ގަޑިތަކުގައި މި އިދާރާގެ ނަންބަރު 6841626 އަށް ގުޅުއްވުން އެދެމެވެ.
