ދިވެހިރާއްޖެ
`
ޑްރަގް ކޯޓު
މާލެ، ދިވެހިރާއްޖެ
ނަންބަރު:(IUL)435-A1/2026/18
|
އިޢުލާނު
|
|||||||||||||||||
|
މަޤާމު: |
ކޯޓު ސެކިއުރިޓީ އޮފިސަރ |
||||||||||||||||
|
ބޭނުންވާ އަދަދު: |
02 |
||||||||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||||
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސާރވިސް ރޭންކް 5 |
||||||||||||||||
|
މަޤާމުގެ ކްލެސިފިކޭޝަން: |
ކޯޓު ސެކިއުރިޓީ އޮފިޝަލުން |
||||||||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ޑްރަގް ކޯޓު / ޖަސްޓިސް ބިލްޑިންސް އެނެކްސް، ހުޅުމާލެ ފޭސް 1 |
||||||||||||||||
|
މުސާރަ: |
-/11045 ރުފިޔާ |
||||||||||||||||
|
އެހެނިހެން އެލަވަންސް: |
· ޖޮބް އެލަވަންސް:4155/-ރުފިޔާ · ހާޟިރީ އިނާޔަތް: (ނިކުންނަ ކޮންމެ ދުވަހަކަށް) 130/- ރުފިޔާ · ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: 140/- ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން) · ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ. · ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
|
||||||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
· ޝަރީޢަތުގެ މަޖިލީހުގެ ސަލާމަތާ ރައްކާތެރިކަން ބަލަހައްޓައި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުން. · ޝަރީޢަތުގެ މަޖިލީހަށް ޙާޟިރު ކުރެވޭ މީހުންގެ ސަލާމަތާ ރައްކާތެރިކަން ބަލަހައްޓައި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުން. · ކޯޓު ތެރޭގައި ފަނޑިޔާރުންގެ ސަލާމަތާ ރައްކާތެރިކަން ބަލަހައްޓައި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުން. · ކޯޓު ތެރޭގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުން. · ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ ފަރާތްތައް މަޖިލީހަށް ވެއްދުމުގެ ކުރިން އެފަރާތްތައް ޗެކްކުރުން. · އެއް ޝަރީޢަތުގެ މަޖިލީސް ނިމި، އަނެއް ޝަރީޢަތުގެ މަޖިލީހަށް މީހުން ޙާޟިރުވުމުގެ ކުރިން، އެފަރާތްތައް ބައިތިއްބާ ހޯލާއި ފާޚާނާ ޗެކްކުރުން. · ދުވަހު ތާވަލު ޤަވާޢިދުން ޗެކްކުރުމާއި، ޝަރީޢަތުގެ އަޑުއެހުންތަކާއި އެހެނިހެން އަޑުއެހުންތަކަށް ވަނުމުގެ ކުރިން ރަގަޅަށް ތައްޔާރުވުން. · ކޯޓުގެ ރައްކާތެރިކަމާއި މަސްލަޙަތު ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓުން. · ކޯޓުގެސެކިއުރިޓީކޮންޓްރޯލްރޫމްގައިކުރަންޖެހޭމަސައްކަތްތައްކުރުމާއިއެތަނުގައިހުންނަތަކެތިރައްކާތެރިކަމާއެކުބެލެހެއްޓުން. · ކަނޑައެޅިފައިވާއުސޫލުތަކާއިއެއްގޮތްވާގޮތުގެމަތިންކޯޓުގެސަރަހައްދާއިއަދިކޯޓަށްޙާޟިރުކުރެވޭ މީހުން ބަލާފާސްކުރުން. · ޝަރީއަތުގެ މަޖިލިސް ފެށުމުގެކުރިން ކޯޓްރޫމާއި އަދި ކޯޓް ރޫމަށް ވަންނަން އަންނަ މީހުން ބަލާފާސްކުރަންޖެހިއްޖެ ހާލަތްތަކުގައި އެކަންކުރުމާއި އެކަމުގެ އިންތިޒާމު ހަމަޖެއްސުން. · ޝަރީއަތުގެމަޖިލިސްތައްހިނގަމުންދާވަގުތުތަކުގައިކޯޓްރޫމްގެސެކިއުރިޓީބެލެހެއްޓުން. · ކޯޓުގެ ފަނޑިޔާރުން އެސްކޮޓްކުރަންޖެހޭ ހާލަތްތަކުގައި އެސްކޮޓްކުރުމާއި އަދި އެސްކޮޓްކުރުމުގެ އިންތިޒާމު ހަމަޖެއްސުން. · ކޯޓުގެ ސެކިއުރިޓީއަށް ބޭނުންވާ އާލަތްތައް ހޯދުމާއި އެތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި، އަދި ސީސީޓިވީގެ މައްސަލައެއް އުޅޭތޯ ދުވަހުން ދުވަހަށް ބަލައި ކަމެއް ފާހަގަވެއްޖެނަމަ އެކަންކަން ހައްލުކުރުމަށް ގުޅުންހުރި ސެކްޝަންތަކަށް އަންގައި ހައްލުކޮށް ބެލެހެއްޓުން. · ސީސީޓީވީގެ ފޫޓޭޖުތައް ބަލައި ކަމެއް ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކޯޓުން އަންގާގޮތެއްގެމަތިން ކުރިއަށްގެންދިއުން. · ކޯޓުހިމެނޭ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ސެކިއުރިޓީ އެއްވެސް މައްސަލައެއް ފަހާގަވެއްޖެނަމަ އެކަން ހައްލުކުރުމަށް ކަމާއި ގުޅުންހުރި ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން މަސައްކަތް ކުރުން. · ޑިއުޓީ ގަޑިތަކުގައި އިންސިޑެންޓެއްދިމާވެއްޖެނަމަކޯޓުންކަނޑައަޅާއިސްފަރާތަކަށްއެކަމުގެމައުލޫމާތު ދިނުމާއި އަދި އެކަންކަމުގެ ރެކޯޑް ބެލެހެއްޓުން. · ކޯޓުންހަވާލުކުރާޢާއްމުޑިއުޓީތަކާއި، ނައިޓްކޯޓް ޑިއުޓީއާއި، އެނޫންވެސް ކޯޓުގެ ބޭނުމަށް ކުރެވޭ ކަންތައްތަކުގެ ޑިއުޓީއަށް ނިކުތުމާއި ޑިއުޓީތައް އިންތިޒާމުކޮށް ބެލެހެއްޓުން. · އިސް ސެކުރިޓީ ނުވަތަ ސްޕަވަޒަރުގެ މަޝަވަރާގެ މަތިން ޑިއުޓީ ޓޭބަލްއެއް ހަދައި ސެކުރިޓީ އެހެން މުވައްޒިފުން ހަމަޖެއްސުން. · ކޯޓުގެ އަޑުއެހުމަށް ހާޒިރުވާ މީހުންސ ބަލާފަސް ކުރުމަށް ވަކި ސަރަހައްދެއް ހަމަޖެހިފައިވާނަމަ އެ ތަނެއްގައި ޑިއުޓީ ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ކުރުން. · ކޯޓުގެއެންމެހާސިއްރުތައްހިފެހެއްޓުން.އަދި ކޯޓު ތެރޭގައި ޤާނޫނައި ޤަވައިދާ ޚިލާފު ކަމެއް ފަހާގަވެއްޖެނަމަ އެކަންކަމުގެ ރިކޯޑް ބަލަހައްޓައި ކަމާއި ގުޅުންހުރި އިސްވެރިންނާއި މައުލޫމާތު ހިއްސާކުރުން. · އެޗްއާރ ނުވަތަ އިސް ސެކިއުރިޓީ ބެލުމުގެ ދަށުން އޮފިސް ހުޅުވާ އަދި ބަންދުކުރާ ވަގުތުތަކުގައި ސެކިއުރިޓީގެ އެންމެހާއި ކަންކަން ބެލެހެއްޓުން. · މަތީގައި ބަޔާންކުރެވުނު މަސައްކަތްތައް ޑިވިޝަންގެ ވެރިޔާއާއި، ސެކްޝަންގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ކުރުން. · މީގެ އިތުރުންވެސް އިސްޤާޟީއާއި، ޤާޟީންނާއި، ޑިވިޝަންގެވެރިންނާއި،ސެކްޝަންގެވެރިންއަންގަވާމުވައްޒަފުގެ މަސައްކަތުގެ ދާއިރާގެ އެހެނިހެން މަސައްކަތްތަކަށް އެހީތެރިވުން. |
||||||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން |
||||||||||||||||
|
ތަޢުލީމީ ރޮނގު:
|
ސެކިއުރިޓީ / ސެކިއުރިޓީ މެނޭޖްމަންޓް / ސޭފްޓީ މެނޭޖްމަންޓް |
||||||||||||||||
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
|
ސެކިއުރިޓީ، ސެކިއުރިޓީ މެނޭޖްމަންޓް،ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް، ޕޮލިސިންގ، ސެކިއުރިޓީ އެންޑް ސޭފްޓީ މެނޭޖްމަންޓް، ސެކިއުރިޓީ އެންޑް ޕަބްލިކް ސޭފްޓީ، ސާރވިސް، ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް، ލޯ އެންފޯރްސްމަންޓް
|
||||||||||||||||
|
އެހެނިހެން ޝަރުޠު |
1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން. 2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. (ގާތްތިމާގެ މީހުން ކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ. 2.1ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ 2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛ |
||||||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑްރަގް ކޯޓުން އަދި ކޯޓުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) www.drugcourt.gov.mv 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީއިންލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭރާއްޖެއިންބޭރުގެ މަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތްޙާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެސެސްމަންޓްރިޕޯޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
||||||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06ޑިސެންބަރު 2026 ގެ 13:00 ގެ ކުރިން،ޑްރަގް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||||
|
ޝޯޓްލިސްޓުކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||||||
|
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 07 ޑިސެންބަރު 2026 އިން 07 ޖަނަވަރީ 2027 އާ ދެމެދު، ޑްރަގް ކޯޓު ގައެވެ.
|
||||||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ޑްރަގް ކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||||
|
· މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018556އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. · މި އިިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. · އިންޓަވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. · ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. · އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ.އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ. · މި މަޤާމަށް ކުރިމަތިލާންވާނީ،ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި،އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ. |
|||||||||||||||||
16 ޖުމާދަލްއާޚިރާ 1448
25 ނޮވެންބަރު 2026
