އޮމަދޫ ސްކޫލް ތ.އޮމަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2027 ވަނަ އަހަރަށް ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
|
އޮމަދޫ ސްކޫލް |
|
|
|
ތ.އޮމަދޫ، |
އިޢުލާން ނަންބަރު: |
GS-178/IUL/2026/13 |
|
ދިވެހިރާއްޖެ. |
ޕްރޮކިޔުމެންޓް ނަންބަރު: 04/GS-178/PROC/2026 |
|
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އޮމަދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:
- މިސްކޫލުގެ 2027 ވަނަ އަހަރުގެ ސެކިއުރިޓީ 01 ޖެނުއަރީ 2027 އިން 31 ޑިސެމްބަރ 2027 ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 25 ނޮވެމްބަރ 2026 އިން 01 ޑިސެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 12:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. އަދި ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 12:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/8EmmNebmaLynVkTt5
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 01 ޑިސެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މި އިޢުލާންގެ ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 06 ޑިސެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އޮމަދޫ ސްކޫލުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އޮމަދޫ ސްކޫލް
ތ.އޮމަދޫ، ދިވެހިރާއްޖެ
ފޯން: 6780572
އީ-މެއިލް: [email protected]
15 ޖުމާދަލްއާޚިރާ 1448
25 ނޮވެމްބަރ 2026
25 ނޮވެންބަރު 2026
ހޯދާ
