މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރު މީޑިއާތަކަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލުން
ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުޞަތު މިއަދު 25 ނޮވެމްބަރ 2026 ން ފެށިގެން ހުޅުވާލައިފީމެވެ. މިގޮތުން މާލީ އެހިތެރިކަމަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 3 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ އެކަމަށް ޚާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށައެޅުމަށްޓަކައި ބޭނުންކުރާނީ "ވަންގަވް" ތެރޭގައި ގާއިމްކޮށްފައިވާ 'މީޑިއާއެޕް' https://mediaapp.one.gov.mv އެވެ.
"މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު" https://gazette.gov.mv/gazette/7594 މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.
25 ނޮވެންބަރު 2026
ހޯދާ
