ދިވެހިރާއްޖެ
ނަންބަރު: 258/258/2026/101(IUL)
އިޢުލާން
1448 ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނިމާދޫ މިސްކިތްތަކުގެ އާބާތުރަފިލުވައިދޭނެ ފަރާތެއް ހޯދުން.
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް 1448 ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނިމާދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
|
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
|
ބީލަމުގައި ރަޖިސްޓްރީވުން/ މަޢުލޫމާތު ސާފުކުރުން |
2026 ޑިސެމްބަރ 03 (ބުރާސްފަތި) |
ހެނދުނު 11:00 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
2026 ޑިސެމްބަރ 15 (އަންގާރަ) |
ހެނދުނު 11:00 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި |
- ބީލަމުގެ މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
- ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 4002064
އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ޖުމާދަލްއާޚިރާ 1448
24 ނޮވެމްބަރ 2026
