ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2027 ވަނަ އަހަރު ބ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

01 ޖެނުއަރީ 2027 ން ފެށިގެން 31 ޑިސެމްބަރ 2027ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  1. މި މި ބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.  

  2. މިޕްރޮކިއުމަންޓުގައި ރަޖިސްޓްރީ ކުރުމަށް 2026 ނޮވެމްބަރު 24 ން 2026 ނޮވެމްބަރ 29 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

  3. މިޕްރޮކިއުމަންޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެމްބަރު 26 ވަނަ ދުވަހުގެ 13:30 ގެކުރިން މި ޢިއުލާނުގެ 6 ވަނަ ނަމްބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފުނުއްވުން އެދެމެވެ.

  4. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 ޑިސެމްބަރ 08 ވާ އަންގާރަ ދުވަހުގެ 12:45 ގައި މިމަދަރުސާގެ އޮފީހުގައެވެ.  

  5. މި ޕްރެކިއުމެންޓާއިގުޅޭ ބީލަން ފޮތް ރަޖިސްޓްރީ ކުރަށްވާ ބޭފުޅުންނަށް މެއިލް ކުރެވޭނޭއެވެ.

  6. މިޕްރޮކިއުމަންޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ބ. އަތޮޅު މަދަރުސާ

    ފޯން: 6600034

    އީ-މެއިލް: [email protected]

    ކޮޕީ-މެއިލް: [email protected]

 

    14 ޖުމާދަލްއާޚިރު 1448

    23 ނޮވެމްބަރ   2026

 

24 ނޮވެންބަރު 2026
ހޯދާ