ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސޯސިއޭޓް ކައުންސިލް އޮފިސަރ

 

ނަންބަރު:(IUL)413/413/2026/67

އިޢުލާނު

 

މަޤާމު:

އެސޯސިއޭޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-465928

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 4 (ސްޓެޕް 1)

މަޤާމުގެ ކްލެސިފިކޭޝަން:

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ

އަސާސީ މުސާރަ:

-/8505

މަޤާމުގެ އެލަވަންސް:

-/2555

ހާޒިރީ ޢިނާޔަތް:

ހާޒިރުވާ ކޮންމެ ދުވަހަކަށް -/70

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ، އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ، އިތުރު ގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ދަފުތަރެއް އެކުލަވާ މަހުން މަހަށް އަދާހަމަކޮށް ބެލެހެއްޓުން. އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ލޭންޑްޔޫސް ޕްލޭނާ ތަޢާރަޒް ނުވާގޮތަށް ރަށުން ބިންދޫކުރުމާއި، ބިމާއި، ޢިމާރާތްތައް ރަޖިސްޓްރީ ކުރުމުގެ އެންމެހައި މަސައްކަތްތައް. އަދި ދިވެހިރާއްޖޭގެ ޢިމާރާތް ކުރުމުގެ ޤަވައިދުތަކާއި، ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ޤަވައިދުތަކާ އެއްގޮތްވާގޮތުގެ މަތީން ރަށުގެ ޢިމާރާތް ކުރުމުގެ ކަންކަން ބެލެހެއްޓުން.
  2. އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭ ގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުން. އަދި އަލަށް ދޫކުރެވޭ ބިންތަކާއި، ކުރިން ދޫކުރެވިފައިވާ ބިންތަކުގައި ކަންމުޑި އެޅުމާއި، އެފަދަ ތަންތާނގެ ކަންވައްކުރުމާއި، އިމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެކަން ހައްލުކުރުމަށް ކައުންސިލުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.         
  3. ބިން ދޫކުރުމާއި، ބިން ކެނޑުމުގަޔާއި، މަގުތައް ހެދުމުގައި އެ ބިންތަކަށް އަރާ ރުއްގަސް ފަދަ ތަކެތީގެ ބަދަލު ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.                                             
  4. ރަށުގެ ބިންބިމުގެ ދަފުތަރު އެކުލަވަލައި ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފުތަރު އެކުލަވާލައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށް ދިނުމާ އެކަންކަމާ ގުޅޭ އެންމެހައި މަސައްކަތްތައްކުރުން. އަދި  ރަށުގެ އިޙްތިޞާސް ތެރޭގައި ހިމެނޭ ރަށްރަށާއި، ފަޅާއި، ފަރުގެ މައޫލޫމާތު އެއްކޮށް ބެލެހެއްޓުމާ އެކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.                             
  5. އިމާރާތާއި ގޯތިތަކާއިބެހޭ ގޮތުންނާއި، މިނޫނަސް ބިމާބެހޭގޮތުން ޝަރުއީ ކޯޓްތަކުން އަންނަ ސިޓީ، މެސެޖް، ރިޕޯޓްތަކާއި، ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން  އެކަންކަމާބެހޭގޮތުން އަންނަ ސިޓީ މެސެޖް ފަދަ ލިޔެކިޔުންތަކަށް އުސޫލާއެއްގޮތަށް ޖަވާބުދީ، އެފަދަ ލިޔުންތައް ފައިލްކޮށް ރެކޯޑްތައް ފަސޭހައިން ފެންނާނެހެން ބެހެއްޓުން
  6. ރަށުގެ މަގުތަކާއި، ޕާކުތަކާއި އާންމު މައިދާންތަކާއި އިޖްތިމާޢީ ސަރަހައްދުތަކާއި، އިޖްތިމާޢީ މަރުކަޒުތަކާއި، ކައުންސިލުގެ ބެލުމުމުގެ ދަށުގައިވާ ޢިމާރާތްތަކާއި ކުޅިވަރު ބިންތައް  ބެލެހެއްޓުމާއި، އެތަންތަނަށް ނަންދިނުމާއި، އެތަންތަނުގެ ނަން ބަދަލުކުރުމުގެ މަސައްކަތްތައްކުރުން.
  7. ރަށުގެ މަގުތަކާއި، ޕާކްތަކާއި، މައިޒާންތަކާއި، ބޭރުޖެޓީއާއި، ފާލަމާއި، ކުޅިވަރުކުޅޭ ތަންތަނާއި، ކައުންސިލް އިދާރާއާއި، ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތައް ދިއްލާ ބެލެހެއްޓުމާބެހޭ އިދާރީ އެންމެހައި މަސައްކަތްތައްކުރުން.     
  8. ކައުންސިލް އިދާރާއާއި، ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތަކުގެ އޭސީ މަސައްކަތްތައް ބެލެހެއްޓުން. އަދި ކައުންސިލް އިދާރާއާއި، ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތަކުގެ ކަރަންޓްގެ މަސައްކަތްތައް ބެލެހެއްޓުން.                                    
  9. އެކިއެކި މަސައްކަތްކުރާ ފަރާތްތަކުން މަގު ބަންދުކުރުމަށް ހުށަހެޅުމުން ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް މަގު ބަންދުކުރުމުގެ ހުއްދަދޫކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުމާއި، އެކިއެކި މަސައްކަތްކުރާ ފަރާތްތަކުން މަގު ކޮނުމަށް ހުށަހެޅުމުން ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް މަގު ކޮންނުމުގެ ހުއްދަދޫކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.     
  10. އެކިއެކި ފަރާތްތަކުން ރޭގަނޑު މަސައްކަތްކުރުމަށް ހުށަހެޅުމުން ހަމަޖެހިފައިވާ އުޞޫލުގެތެރެއިން ހުއްދަދޫކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
  11. ޚާއްޞަ މުނާޞަބަތުތަކާ ގުޅިގެން މަގު ބަންދުކުރަން ބޭނުންވާ ފަރާތްތަކަށް އެ ހުއްދަ ދިނުމުގެ މަސައްކަތްތައްކުރުން
  12. ވަޒީފާގެ މަސައްކަތާއި ގުޅޭގޮތުން އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވަންޖެހޭ އެކިއެކި ގޮވުންތައް ގޮވުމާއި، ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ޝަރީއަތަށް ފޮނުވަންޖެހޭ މައްސަލަތައް ޝަރީއަތަށް ފޮނުވުމާއި، ކައުންސިލުން އެދިއްޖެ ނަމަ، އެ މައްސަލަތަކުގެ ވަކީލެއްގެ ގޮތުގައި ކޯޓްތަކަށް ދިޔުމާއި، ޖެމްސްއާއި، މެއިލް ޗެކް ކުރުމާއި، މަސައްކަތާ ގުޅޭ ހުރިހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  13. އެ މުވައްޒަފެއްގެ މަސައްކަތާގުޅޭ ގޮތުން ހަދަންޖެހޭ އެންމެހައި ފޯމް ސެޓް ހެދުމާއި، ފޯމްތައް ކައުންޓަރުން ލިބޭނޭ އިންތިޒާމް ހަމަ ޖެއްސުމާއު، އެ މަސައްކަތަކަށް ހެދިދައިފަވާ އެސްއޯޕީއާ އެއްގޮތަށް އެ މަސައްކަތެއްކުރުން. އަދި ސްޕަވައިޒަރުގެ ލަފާގެ މަތިން އެސް އޯޕީ ހެދުމާއި، އެސް އޯޕީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.                    
  14. ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި، ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެމުވައްޒަފަކު ކުރަމުން އައި މަސައްކަތެއް ވަގުތީގޮތުން ޙަވާލުކުރެވިއްޖެ ނަމަ އެމަސައްކަތެއް ކުރުމާއި، ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، ދިމާވާ މުހިންމު ކަންތައްތަކާއިގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުނ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 

 

  1. އެކައުންޓިންގ  
  2. އެޑްމިނިސްޓްރޭޝަން  
  3. އެގްރިކަލްޗަރަލް ސައިންސް  
  4. އެންތްރޯޕޮލޮޖީ  
  5. އާކިޓެކްޗަރ  
  6. ބިލްޑިންގ މެއިންޓެނަންސް  
  7. ބިޒްނަސް  
  8. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  9. ބިޒްނަސް މެނޭޖްމަންޓް  
  10. ސިވިލް އިންޖިނިއަރިންގ  
  11. ކޮމާރސް  
  12. ކޮމިޔުނިޓީ ޑިވެލޮޕްމަންޓް  
  13. ކޮމްޕިއުޓަރ ސައިންސް  
  14. ކައުންސިލް އެޑްމިނިސްޓްރޭޝަން  
  15. ކަލްޗަރ އެންޑް ހެރިޓޭޖް  
  16. ޑިމޮގްރަފީ  
  17. ޑިވެލޮޕްމަންޓް ސްޓަޑީޒް  
  18. ދިވެހި ލެންގްއޭޖް  
  19. އިކޮނޮމިކްސް  
  20. އެޑިއުކޭޝަން  
  21. އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް  
  22. އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް  
  23. އިލެކްޓްރީޝަން  
  24. އިލެކްޓްރޯނިކަލް ޓެކްނޯލޮޖީ  
  25. އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން ޓެކްނީޝަން  
  26. އިލެކްޓްރޯނިކްސް ޓެކްނޮލޮޖީ  
  27. އިންޖިން ރިޕެއަރ އެންޑް މެއިންޓަނަންސް  
  28. އެންވަޔަރަންމަންޓަލް ސައިންސް  
  29. ފައިނޭންސް  
  30. ގަވަރނަންސް  
  31. ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  
  32. ހެވީ މެޝިން އޮޕަރޭޝަންސް  
  33. ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް  
  34. ހިއުމަން ރިސޯސް  
  35. އިންފޮމޭޝަން ޓެކްނޮލޮޖީ  
  36. އިންޓަނޭޝަނަލް ރިލޭޝަންސް  
  37. ލޯ  
  38. ލީޑަރޝިޕް  
  39. ލައިބްރަރީ ސައިންސް  
  40. ލޯކަލް ގަވަރނަންސް  
  41. މެއިންޓެނަންސް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގ  
  42. މެއިންޓެނަންސް އިންޖިނިއަރިންގ  
  43. މެއިންޓަނަންސް އިންޖިނިއަރިންގ މެނޭޖްމަންޓް  
  44. މެނޭޖްމަންޓް  
  45. މެރީން ސައިންސް  
  46. މާކެޓިންގ  
  47. އޮފީސް އެޑްމިނިސްޓްރޭޝަން  
  48. ޕޮލިސީ ސްޓަޑީޒް  
  49. ޕޮލިޓިކަލް ސައިންސް  
  50. ޕްރޮޖެކްޓް މެނޭޖްމަންޓް  
  51. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  52. ޕަބްލިކް މެނޭޖްމަންޓް  
  53. ޕަބްލިކް ޕޮލިސީ  
  54. ޕަބްލިކް ރިލޭޝަންސް  
  55. ރިލިޖަސް ސަރވިސަސް  
  56. ޝަރީޢާ އެންޑް ލޯ  
  57. ސޯޝަލް ސައިންސް  
  58. ސޯޝަލް ވޯރކް  
  59. ސޯޝިއޮލޮޖީ  
  60. ސްޕޯޓްސް މެނޭޖްމަންޓް  
  61. ސްޓެޓިސްޓިކްސް  
  62. ސްޓްރަކްޗަރަލް އިންޖިނިއަރިންގ  
  63. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް  
  64. އަރބަން ޕްލޭނިންގ  
  65. އާބަން ސްޓަޑީޒް  

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  2. (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތުހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ޑިސެމްބަރ 2026 ގެ 12:00 ގެ ކުރިން، ގެމަނަފުށީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 02 ޑިސެމްބަރ 2026 އާއި 13 ޑިސެމްބަރ 2026 އާ ދެމެދު، ގެމަނަފުށީ ކައުންސިލް އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގައި އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  9991892 ނުވަތަ 7787371  އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

14 ޖުމާދަލް އާޚިރާ 1448

23 ނޮވެމްބަރ 2026

 

23 ނޮވެންބަރު 2026
ހޯދާ