ދިވެހިރާއްޖެ
އިޢުލާން
އިންނަމާދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިއިދާރާގެ ނަމްބަރ (IUL)307/INDIV/2026/57(26 އޮކްޓޯބަރ 2026) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައިނުވާތީ އަލުން ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިމިވާ ގޮތުގެ މަތިން އަމަލު ކުރެއްވުންވުމުން މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
1- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:
- 2026ޑިސެމްބަރ02 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިކައުންސިލުން ލިބެންހުންނާނެއެވެ.
- ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/100 ރުފިޔާއެވެ.
- ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް ([email protected]) މެއިލް ކުރެއްވުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށަހެޅުއްވުން އެދެމެއެވެ.
- ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބީލަމާއިގުޅޭ ލިޔެކިޔުންތައް އީމެއިލް ކުރެވޭނެއެވެ. މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
އެކައުންޓް ނަންބަރު: 7717700406001
އެކައުންޓް ނަން: 1348Revenue-1
- · މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި ، ކުލަބް ޖަމުއިއްޔާތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑި ޖެހުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.
2- ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
- ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ:2026 ޑިސެމްބަރ 07 ވާ ހޯމަ ދުވަހު 13:30އެވެ.ބީލަން ހުށަހަޅަން ޖެހޭނީ ރ.އިންނަމާދޫ ކައުންސިލް އިދާރާއަށް ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި"ރ.އިންނަމާދޫ ކައުންސިލްގެ އިދާރާއަށް އެކްސްކަވޭޓަރެއް ސަޕްލައި ކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 2026 ޑިސެމްބަރ 07 ވާ ހޯމަ ދުވަހު 13:30ގައި އިންނަމާދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
3- އިތުރު މައުލޫމާތު:
- ކައުންސިލްގެ ނަންބަރު: 6580052 (ނުވަތަ)
- ކައުންސިލް އެގްޒެކެޓިވް– އިމްރާން ޝަރީފް
- ފޯން: 9122102
- އީމެއިލް: [email protected]
ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
