މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން ޙިފްޒު ކުރުމުގެ ޕްރޮގްރާމް ނިންމި ކުދިންނަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މިކައުންސިލުން، އޮކްޓޫބަރު 2026 ގެ ނިޔަލަށް ކުރިޔަށްގެންދިޔަ ޤުރުއާން ޙިފްޒު ކުރުމުގެ ޕްރޮގްރާމް ފުރިހަމަ ކޮއްފައިވާ ކުދިންނަށް އިނާމް ހުށަހެޅުމަށްޓަކައި ޢާންމުންނަށް ހުޅުވާލަމެވެ. އިނާމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މި ޕްރޮގްރާމްގެ ދަށުން މުޤައްރަރު ފުރިހަމަކުރި ބައިވެރިންނަށެވެ. މިގޮތުން މި ޕްރޮގްރާމް ފުރިހަމަ ކޮއްފައިވަނީ:

ކީ ސްޓޭޖް 1 ގެ – 3 ބައިވެރިން

ޖުމުލަ 03 އިނާމް

ވީމާ އިނާމް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މި ހިނގާ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެފަރާތަކުން ހުށަހަޅާ އިނާމެއް ( ފައިސާގެ އިނާމް / ޕާރުސަލް ) ކައުންސިލާއި ހަވާލު ކޮއްދެއްވުމަށް އެދެމެވެ. މި ޕްރޮގްރާމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ޕްރޮގްރާމްގެ ކޯރޑިނޭޓަރ (7799581) އަށް ގުޅުއްވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ނޮވެންބަރު 2026
ހޯދާ