ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫ ވޮލީ ކޯޓުގެ ނުނިމިހުރި މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން
ތ. ކަނޑޫދޫ ވޮލީކޯޓުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން 2026 ނޮވެމްބަރު 29 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ބީލަން ރަޖިސްޓަރީ ކުރާ ފޯމު މި އިދާރާއަށް ހުށަހަޅައި ބީލަން ރަޖިސްޓަރީކުރެއްވުން އެދެމެވެ. މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކޮށްގެންވެސް ބީލަން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަސްމީގަޑީގައި މި އިދާރާއިން ފޯމު ލިބިވަޑައި ގަންނަވާނެއެވެ. ބީލަންފޮތް ވިއްކާ އަގަކީ -/150ރ (އެއްސަތެކަ ފަންސާސް ރުފިޔާ) އެވެ. ބީލަން ބަލައިގަތުމާއި، ޕްރީ ބިޑް މީޓިންގ އަދި ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ ތަވާލްގައިވާ ގޮތުގެމަތިން އެ ދުވަސްތަކާއި ގަޑިތަކުގައެވެ.
|
ބިޑު ވިއްކުން |
2026 ނޮވެމްބަރު 29 ވަނަދުވަހުގެ 13:00 ގެ ނިޔަލަށް |
|
ޕްރީބިޑް މީޓިން |
2026 ނޮވެމްބަރު 29 ވަނަ ދުވަހު 13:30 ގައި ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި |
|
ބިޑު ހުށަހެޅުމާއި، ބިޑު ހުޅުވުން |
2026 ޑިސެމްބަރ 06 ވަނަ ދުވަހު 10:30 ގައި ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި |
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.
14 ޖުމާދަލްއާޚިރާ 1448
23 ނޮވެމްބަރު 2026
