ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހީއަށް އެދި ހުށަހެޅުމަށް ބޭނުންކުރަމުން އައި ނޭޝަނަލް ޑިސްއެބިލިޓީ ރަޖިސްޓްރޭޝަން (NDR) ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެ ޕޯޓަލްގެ ޚިދުމަތް މެދުކަނޑާލެވިފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (NSPA) އިން ވަނީ އަންގަވާފައެވެ.
އަދި އެ އެޖެންސީން ފޯރުކޮށްދޭ އެހީތަކަށް އެދި ހުށަހެޅުމުގެ އިންތިޒާމު މިހާރު "ވަން-ގަވް" (one.gov.mv) ޕޯޓަލް މެދުވެރިކޮށް ހަމަޖެހިފައިވީ ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް NDR ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވާތީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީތަކަށް އެދި ހުށަހަޅުއްވާއިރު "ވަން-ގަވް" (oneGov) ޕޯޓަލް ބޭނުންކުރެއްވުމަށް އެ އެޖެންސީން އަންގަވާފައިވާތީ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
މިކަމާ ގުޅިގެން ދިމާވެދާނެ އެންމެހައި ދަތިތަކަށް އެ އެޖެންސީގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
