މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ބައުޒަރު ޕާކުކޮށް ބެހެއްޓުމަށް ބިން ކުއްޔަށް ދޫކުރުމާ ގުޅޭ

ތެޔޮ ބައުޒަރު ޕާކުކޮށް ބެހެއްޓުމަށް ބިން ކުއްޔަށް ދޫކުރުމާ ގުޅޭ

ރަށުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ޚާއްޞަ ސަރަޙައްދަކުން ތެޔޮ ބައުޒަރު ޕާކުކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ރަޖިސްޓްރީވުން:

ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 22 ނޮވެމްބަރ 2026 (އާދިއްތަ) ދުވަހުން ފެށިގެން 30 ނޮވެމްބަރ 2026 ވާ (ބުދަ) ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ލިންކު: https://forms.gle/dwU3tjm2aQiJ24VJ6

ބިމުގެ މަޢުލޫމާތު:

• ބިން އޮތް ސަރަޙައްދު: ޓާރފް ފުޓްބޯޅަ ދަނޑުގެ އިރުމަތީ އިންފާރާ ޖެހިގެން ބޭރަށް ހުރި ސޯލާތަކުގެ ދެކުނުން.
• ބިމުގެ ބޮޑުމިން: 20 ފޫޓު 10 ފޫޓު (ޖުމްލަ 200 އަކަފޫޓު - ކޮންމެ ވެހިކަލަކަށް ޚާއްޞަކުރެވޭ ބޮޑުމިން).
• ބިން ދޫކުރެވޭ ބޭނުން: ތެޔޮ ބައުޒަރު ޕާކުކޮށް ބެހެއްޓުމަށް އެކަނި.
• ކުއްޔަށް ދޫކުރެވޭ މުއްދަތު: 1 އަހަރު ދުވަސް
• ކުލީގެ ރޭޓު: އަކަފޫޓަކަށް 1/50 (އެއް ރުފިޔާ ފަންސާސް ލާރި) - (200 އަކަފޫޓުގެ ބިމަކަށް މަހަކު ޖެހޭ އެންމެ ކުޑަ ކުއްޔަކީ -/030 ރުފިޔާއެވެ).

އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 30 ނޮވެމްބަރ 2026 ވާ (ހޯމަ) ދުވަހުގެ 13:30 ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

23 ނޮވެންބަރު 2026
ހޯދާ