ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރިކައިގެ ދާއިރާއިން ތަމްރީނުވުމުގެ ފުރުޞަތާ ގުޅޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ކޮންމެ ރަށަކުން ތަރިކަވެރިން އުފެއްދުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ފަރުމާކުރަމުންދާ ތަމްރީނު ޕްރޮގްރާމުގައި ވައިކަރަދޫން ބައިވެރިވާނޭ 3 (ތިނެއް) ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ އެކްރެޑިޓޭޝަން ލިބިގެން، ސެޓްފިކެޓް ލެވެލް 3 ގެ ފެންވަރަށް ހިންގުމަށް އަމާޒު ހިފާފައިވާ މި ކޯހުގައި ދިވެހީންގެ ހަނދާންތައް އެއްކުރުމާއި، ރަށްވެހި އާސާރު އުފެއްދުން ފަދަ ތަރިކައިގެ ދާއިރާގެ މުހިންމު ބައިތައް އުނގަންނައިދެވޭނެއެވެ. މި ކޯސް ފެށުމަށް ރޭވިފައިވަނީ ޖެނުއަރީ 2027 ގައެވެ.

ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް މެދުވެރިކޮށް ނަން ހުށަހެޅުއްވުން އެދެމެވެ. 3 ބައިވެރިން ހޮވުމުގައި ބަލާނީ ނަން ހުށަހަޅާ ތަރުތީބަށެވެ.

ފޯމް ލިންކް: https://forms.cloud.microsoft/r/9nuqcqsnr9

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6520046 އަށް ގުޅުއްވުން އެދެމެވެ.

   މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ނޮވެންބަރު 2026
ހޯދާ