ދިވެހިރާއްޖެ
އިޢުލާން
މާއުނގޫދޫ ސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާބެހޭ:
1 ޖެނުއަރީ 2027 އިން 31 ޑިސެމްބަރ 2027 އަށް މި ސްކޫލުގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބީލަމުގައި ރަޖިސްޓްރީވެ، ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
ބީލަމުގައި ރަޖިސްޓްރީކުރުމަށް 26 ނޮވެމްބަރ 2026 ގެ 12:45 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުމުން، ބީލަމުގައި ރަޖިސްޓްރީ ވިކަމުގެ ސްލިޕެއް އީމެއިލް ކުރެވޭނެއެވެ.
- ރަޖިސްޓްރޭޝަން ފޯމުގެ ލިންކް: https://forms.gle/1JoqLsEKJ5JdusVg6
|
ރަޖިސްޓްރީ ކުރުން |
މައުލޫމާތު ސާފުކުރުން |
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން |
|
ތާރީޚް: 26 ނޮވެމްބަރު 2026 |
ތާރީޙް: 29 ނޮވެމްބަރ 2026 (އާދިއްތަ) |
ތާރީޙް: 3 ޑިސެމްބަރ 2026 (ބުރާސްފަތި) |
|
ގަޑި: 12:45 |
ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް ލައިބްރަރީ |
ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް) |
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީއާއެކު، ސިޓީއެއް ގެންނެވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކާއި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6540554 އާ ގުޅުއްވުން އެދެމެވެ.
