ދިވެހިރާއްޖެ
މިހާރަކަށް އައިސް އާއްމުންގެ ބައެއްގޭގެ ދޮރުމަތީގައާއި އިންފާރުން މަގަށްވާގޮތަށް މަގުމަތީގައި ދުއްވާ އެންބިއުލާސް ފަދަ ދުއްވާތަކެއްޗާއި އާއްމުން ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށާއި މަގުމަތީގައި އެކި ސަރަޙައްދުތަކުގައި ޖަހާފައިވާ މަގުހޮޅިތަކުން މަގުމައްޗަށް އަލިނުވާގޮތަށްހުރި ބައެއް ރުއްގަސްހުރިކަން ތަކުރާރުކޮށް އާއްމުންގެ ފަރާތުން މިކައުންސިލަށް ޝަކުވާއެއްގެ ގޮތުގައި ހުށައަޅަމުންދާކަން ފާހަގަކުރެވެއެވެ.
ވީމާ، ކައުންސިލުން މިކަންބެލިބެލިމުން ދެންނެވުނުފަދައިން މި މައްސަލަތައްހުރިކަމަށް ކައުންސިލަށް ފާހަގަކުރެވިފައިވާތީ، އާއްމުންގެ ބައެއްގޭގެ ދޮރުމަތީގަޔާއި އިންފާރުން މަގަށްވާގޮތަށް މަގުމަތީގައި ދުއްވާ އެންބިއުލާސް ފަދަ ދުއްވާތަކެއްޗާއި އާއްމުން ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށާއި މަގުމަތީގައި އެކި ސަރަޙައްދުތަކުގައި ޖަހާފައިވާ މަގުހޮޅިތަކުން މަގުމައްޗަށް އަލިނުވާގޮތަށްހުރި ބައެއް ރުއްގަސް، މިއަދުން ފެށިގެން 05 (ފަހެއް) ދުވަސް ތެރޭ ކޮށާ ރަނގަޅުކުރުމަށް ނުވަތަ ކެނޑުމަށް ދަންނަވަމަވެ. އަދި ދަންނަވަމެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން މިކަން އިސްލާޙްކޮށްފައިނުވާނަމަ ކަނޑައެޅިފައިވާ އުސޫލުން ދެންނެވުނު ރުއްގަސްތަކާމެދު އަމަލުކުރެވޭނެވާހަކަ ދަންނަވަމެވެ.
