މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ނަލަނަލަ ހެނބަދޫ ފުޓްސަލް އަދި ހޭންޑްބޯލް ޗެލެންޖް 2026 " މުބާރާތް ކުރިއަށް ދާއިރު އެސަރަޙައްދުގައި ގާޑިޔާ ބެހެއްޓުމާއި ގުޅޭ

 

 

އިޢުލާން

"ނަލަނަލަ ހެނބަދޫ ފުޓްސަލް އަދި ހޭންޑްބޯލް ޗެލެންޖް 2026 " މުބާރާތް ކުރިއަށް ދާއިރު އެސަރަޙައްދުގައި ގާޑިޔާ ބެހެއްޓުމާއި ގުޅޭ

          "ނަލަނަލަ ހެނބަދޫ ފުޓްސަލް އަދި ހޭންޑްބޯލް ޗެލެންޖް 2026" ގެ މެޗްތައް ކުރިއަށް ދާއިރު އެސަރަހައްދުގައި ގާޑިޔާގެ ވިޔަފާރި ކުރުމަށް 2 ފަރާތަކަށް ފުރުސަތު ހުޅުވާލުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ގާޑިޔާ ދޫކުރުމަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ ގާޑިޔާ ބަހައްޓާ ކޮންމެ ދުވަހަކަށް 200 ރުފިޔާއެވެ. އަދި މި 2 ގާޑިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ އަގު ބޮޑުކޮން ހުށަހަޅާ  2 ފަރާތަށް ކަމުގައި ދަންނަވަމެވެ.

          ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ޑިސެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ސިޓީއަކާއެކު އަގު ހުށަހެޅުއްވުން އެދެމެވެ. 2 ފަރާތަކުން އެއް އަގެއް ހުށަހަޅައިފިނަމަ ގާޑިޔާ ދޫކުރެވޭނީ އެ ދެ ފަރާތުގެ މެދުގައި ގުރުއަތު ލުމަށްފަހު ލިބޭ ފަރާތަކަށެވެ.

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

       12 ޖުމާދަލްއާޚިރާ 1448

       22 ނޮވެންބަރު 2026

 

22 ނޮވެންބަރު 2026
ހޯދާ