މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައު ކައުންސިލް އިދާރާގެ ރިސެޕްޝަން އޭރިއާ ތަރައްޤީކުރުމާއިގުޅޭ

(IUL)276/276/2026/60ނަމްބަރ:

އިޢުލާން

 އައު ކައުންސިލް އިދާރާގެ ރިސެޕްޝަން އޭރިއާ ތަރައްޤީކުރުމާއިގުޅޭ

          މި އިދާރާއިން ދޭ ޑިޒައިން ކުރެހުމާއި އަދި މައުލޫމާތާއި އެއްގޮތަށް އަލަށް އިމަރާތްކުރަމުންދާ ކައުންސިލް އިދާރާގެ ރިސެޕްޝަން އޭރިއާ އަމިއްލަތަކެތީގައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް،ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 24 ނޮވެންބަރު 2026ގެ 12:00 ކުރިން ރަޖިސްޓްރީވެ 30 ނޮވެންބަރު 2026ގެ 12:00އަށް އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ .  މައުލޫމާތު ކަރުދާސް މި އިދާރާގައި ރަޖިސްޓްރީވާ ފަރާތްތަކަށް 24 ނޮވެންބަރު 2026 ގެ 14:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. މި އިދާރާގައިއަގުހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ އަގު ހުށައެޅުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މި އިދާރާއިން ފޮނުވާ ފޯމުންނެވެ . މައުލޫމާތު ހޯދުމަށް އެދޭފަރާތްތަކަށް މައުލޫމާތުދިނުމުގެ ޝެޝަން 25 ނޮވެންބަރު 2026 ގެ 12:00 ގައި މި އިދާރާގައި އޮންނާނެއެވެ .

#

 

ތަން

ތާރީހް

ގަޑި

1

ރަޖިސްޓްރީވުމަށް

 

ރަޖިސްޓްރީވުމަށްއެދޭ ލިންކް: https://form.jotform.com/261911942563056

22 ނޮވެންބަރު 2026 ފެށިގެން 24 ނޮވެންބަރު 2026

14:00

2

މައުލޫމާތު ސެޝަން

ށ.ބިލެތްފަހި ކައުންސިލް އިދާރާގެ މީޓިން ރޫމް(އެދޭފަރާތްތަކަށް)

25 ނޮވެންބަރު 2026

12:00

3

މައުލޫމާތު ކަރުދާސް ފޮނުވުން

ރަޖިސްޓްރީވާ ފަރާތްތަކަށް މައުލޫމާތޫ ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވާދެވޭނެއެވެ.

24 ނޮވެންބަރު 2026

14:00 ކުރިން

4

އަންދާސީ އަގު ހުށަހެޅުން

ށ.ބިލެތްފަހި ކައުންސިލް އިދާރާގެ މީޓިން ރޫމް

30 ނޮވެންބަރު 2026

12:00

 

             މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6540047 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.

              މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

22 ނޮވެންބަރު 2026
ހޯދާ