ދިވެހިރާއްޖެ
|
އިޢުލާނު އދ.ދިއްދޫ ކައުންސިލުން ކުރިއަށްގެންދާ ކުޑަކުދިންގެ ވޮލީ މުބާރާތް 2026 މި ކައުންސިލުން އިންތިޒާމުކޮށްގެން އދ. ދިއްދޫގެ ކުދިންނަށް ޚާއްޞަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ކުޑަކުދިންގެ ވޮލީ މުބާރާތް" 24 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ކުދިން، 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގައި ނަން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނަން ނޯޓު ކުރެއްވުމަށްޓަކައި އެ ކުއްޖެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ މި ކައުންސިލްގެ ވައިބަރ ނަންބަރު 9214054 އަށް ފޮނުއްވުން އެދެމެވެ. އަދި މި އިޢުލާނާއެކު މި މުބާރާތުގެ ޤަވާއިދު ޢާންމުކުރެވިފައިވާނެއެވެ. ވީމާ މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި ކައުންސިލްގެ ފޯނު ނަންބަރު 6680057 އަށް ގުޅުއްވުން އެދެމެވެ.
|
22 ނޮވެމްބަރ 2026
13 ޖުމާދަލްއާޚިރާ 1448
