އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޗް.އާރް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

           މިކައުންސިލަށް އެޗްއާރު ސިސްޓަމެއްހޯދުމަށް 2026 އޮކްޓޫބަރ 18 ގައި ކޮށްފައިވާ ނަމްބަރ (IUL)343/343/2026/72 (18 އޮކްޓޫބަރ 2026) ގެ އިޢުލާނުގެ މާކިންގ ކްރައިޓީރިޔާ ކަނޑައަޅާފައިވަނީ ދައުލަތަށް އެންމެފައިދާ ހުރިގޮތަށް ނޫންކަމަށް މިކައުންސިލްގެ ބިޑްއިވެލުއޭޝަން ކޮމެޓީން ކަނޑައަޅާފައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

އިޢުލާނާއެކު އެއްހީރަސްކޮށްފައިވާ މައުލޫމާތުޝީޓާއެއްގޮތައް މިއިދާރާއަށް އެޗް.އާރުސިސްޓަމެއް ސަބްސްކްރިޕްޝަން އުސޫލުން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޑިސެމްބަރ 02ވާ ބުދަ ދުވަހުގެ މެންދުރުކުރި 11:00އަށް މިއިދާރާއަށް ވަޑައިގެން ބިޑްޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށަހަޅާ ބިޑްޕްރޮޕޯޒަލް ކެނޑުން އޮންނާނީ ބިޑްޕްރޮޕޯޒަލް ހުށައަޅާފަރާތްތަކުގެ ހާޒިރުގައި ހަމަ އެގަޑީގައެވެ.

           އެއްވެސް ފަރާތަކުން ބިޑްޕްރޮޕޯޒަލް ހުށަހެޅުއްވުމަށްޓަކައި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ފޮނުއްފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އެއްހީރަސްކޮށް ވަނަވަރު އަންގައިދޭ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

22 ނޮވެންބަރު 2026
ހޯދާ