ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރަތަފަންދޫ ކައުންސިލް މަސްރޭސް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ރަށުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، މަސްވެރިކަމުގެ ހުނަރުތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި މި ކައުންސިލުން އިންތިޒާމުކުރާ "ރަތަފަންދޫ ކައުންސިލް މަސްރޭސް 2026" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސްރޭސް ކުރިއަށްދާނީ 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރަށުގައި ދިރިއުޅޭ ރަށުން ބޭރު ފަރާތްތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ.

މުބާރާތުގެ މައިގަނޑު މަޢުލޫމާތު:

  • ޓީމުތަކުގެ ޢަދަދު:  ފުރުޞަތު ދެވޭނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 15 ޓީމަށެވެ.
  • ޓީމުގައި ހިމެނޭ ބައިވެރިން:ކޮންމެ ޓީމެއްގައި މަދުވެގެން 04 ބައިވެރިން އަދި ގިނަވެގެން 07 ބައިވެރިން ހިމެނެންވާނެއެވެ.
  • އަންހެން ޓީމުތަކާ ގުޅޭ:އަންހެން ޓީމެއް ބައިވެރިވާނަމަ، އެ ޓީމެއްގައި މަދުވެގެން 03 ފިރިހެނުން ހިމަނަންވާނެއެވެ. އަދި އުޅަނދުގައި ހުރިހާ ބައިވެރިންނަށް ވާވަރަށް ލައިފްޖެކެޓް ހަމައަށް ހުންނަންވާނެއެވެ.
  • ފުރާ އަދި އެނބުރި އަންނަ ގަޑި:ފުރުން އޮންނާނީ އެދުވަހުގެ މެންދުރުފަހު 14:00 ގައެވެ. އަދި އެނބުރި ރަށުގެ ޖެޓީއަށް ވަންނަންޖެހޭ އެންމެ ފަހު ގަޑިއަކީ ރޭގަނޑު 22:00 އެވެ. ޖެޓީއަށް ވަންކަމަށް ބެލެވޭނީ ގަޑިޖެހުމުގެ ކުރިން ނެރުބައްތިން އެތެރެވުމުންނެވެ.
  • ޕެޓްރޯލް ފޯރުކޮށްދިނުން:  މުބާރާތުގައި ބައިވެރިވާ ކޮންމެ އުޅަނދަކަށް އިންޖީނުގެ ހޯސްޕަވަރަށް ބަލައި ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުން ހިލޭ ޕެޓްރޯލް ދޫކުރެވޭނެއެވެ.

 

ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، 03 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު މަސްރޭހުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމު އެޓޭޗްކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ ރައީސް އަލްފާޟިލް ޙުނައިފް އަސްލަމް (ފޯނު: 7668849) ނުވަތަ ލީގަލް އޮފިސަރ އަޙްމަދު ސަޢީދު (ފޯނު: 7971219) އަށް ގުޅުއްވުން އެދެމެވެ.

22 ނޮވެންބަރު 2026
ހޯދާ