ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
2027 ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

 

ރިނބުދޫ ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް

ދ. ރިނބުދޫ

 

(IUL)GS172/2026/11 :ނަމްބަރު                                                       

 ޕްރޮކިއުމެންޓް ނަމްބަރު: GS172-2026-02

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 2027 ވަނަ އަހަރު ރިނބުދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:

 

  1. 2026 ވަނަ އަހަރު ރިނބުދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 24 ނޮވެމްބަރ 2026  ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް،  ގޫގުލް ފޯމް މެދުވެރިކޮށް ނަން ނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

   ބިޑް ރެޖިސްޓްރޭޝަން ލިންކް: https://forms.gle/KB8mVTWzfxKUpjkR6

  1. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  25 ނޮވެމްބަރ 2026  ވާ ބުދަ ދުވަހުގެ 11:30  ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. މަސައްކަތާއި ގުޅޭ ބީލަންފޮތް ގެޒެޓްކުރެވިފައިވާނެއެވެ.
  3. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 01 ޑިސެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި ރިނބުދޫ ސްކޫލްގައެވެ.
  4. މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

- ރިނބުދޫ ސްކޫލް

- ދ. ރިނބުދޫ                                                            

- އީ-މެއިލް: [email protected]

 

22 ނޮވެމްބަރ 2026

22 ނޮވެންބަރު 2026
ހޯދާ