ދިވެހިރާއްޖެ
އިޢުލާން
ކ. ހުރާ ކުޅީގައި ނޭޗަރ ޕާކް ތަރައްޤީ ކުރުމާއި ގުޅޭ
މިއީ، ކ. ހުރާގެ ޤުދުރަތީ ރީތިކަން ދަމަހައްޓައި، ތިމާވެށްޓާ ރައްޓެހި ފަތުރުވެރިކަމާއި އިޤްތިޞާދީ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި، ރަށުގެ ކުޅީގައި "ނޭޗަރ ޕާކް" އެއް ތަރައްޤީ ކުރުމާއި ގުޅޭގޮތުން ކުރެވުނު ނަންބަރު: (IUL)334/334/2026/200 އިޢުލާނު ބާޠިލް ކުރުމަށްފަހު ކުރެވޭ 2 ވަނަ އިޢުލާނެވެ. މި މަޝްރޫޢަކީ އަމިއްލަ ތަކެތީގައި ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ މި އިޢުލާނާއިއެކު ހީރާސްކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން ނުވަތަ ކައުންސިލްގެ ނަންބަރު 6640074 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.
