ދިވެހިރާއްޖެ
މިކުންފުނީގެ އިންޖިނިއަރިންގ އެންޑް ރިޕެއަރ ޑިވިޜަންގެ (ތިލަފުށި) ސައިޓުގައިވާ (ގާތްގަނޑަކަށް) 30 ޓަނުގެ ބާދަގަނޑު ޚާއްޞަ ނީލަމުގައި ވިއްކާލުމަށް ވަނީ ނިންމާފައެވެ.
ނީލަން ކިޔުން:
-
މިނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ނޮވެމްބަރ 2026 ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 ފެށިގެން 26 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00 ގެ ނިޔަލަށް، މިދަންނަވާ އީމެއިލް އެޑްރެސް ([email protected]) މެދުވެރިކޮށް ނަންނޯޓް ކުރެއްވުންއެދެމެވެ.
-
މިތަކެތި ބެއްލެވުމަށް ބޭނުންވެ ވަޑައިގަންނަވާ ފަރާތްތަކުން 29 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހު މެންދުރުފަހު 14:00 އިން 16:00 އަށް އެމްޓީސީސީ ތިލަފުށި ސައިޓަށް ވަޑައިގަތުމުން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.
-
ނީލަން ކިއުން އޮންނާނީ 03 ޑިސެމްބަރ 2026 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި އެމްޓީސީސީ ޓްރޭޑިންގ ޑިވިޜަން، (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ގައެވެ.
-
މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10,000/-ރ ( ދިހަހާސް ރުފިޔާ) އެމްޓީސީސީގެ ބެންކް އެކައުންޓް ނަންބަރ 001-100668-7717 އަށް 01 ޑިސެމްބަރ 2026 ވާ ބުދަ ދުވަހު މެންދުރު 13:00 އާއި 15:00 ދެމެދު ޖަމާކުރަން ވާނެއެވެ. 15:00 ގެ ފަހުން ފޮނުވޭ އެއްވެސް ފައިސާއެއް ބަލައި ނުގަނެވޭނެ ކަމުގައިވެ ސް ދަންނަވަމެވެ.
-
ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.
-
ނީލަން ފެށޭނީ ޓަނަކަށް -/1000ރ. (އެއްހާސް ރުފިޔާ) ގެ ރޭޓުންނެވެ.
-
ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/2000ރ. ( ދެހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.
-
ނީލަންނިމޭތާ 24 ގަޑި އިރުތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދައްކަވާ ޚަލާސް ކުރަން ޖެހޭނެއެވެ.
-
ނީލަންނިމޭތާ 5 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް ގެންގޮސް ނިންމަންވާނެއެވެ.
-
ނީލަން ކުރިޔަށްދާނީ 30 ޓަނު ހަމަވަންދެންނެވެ.
-
މި ނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯދުމަށް 1650 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
