ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނޫރާނީ ސްކޫލްގެ ބައެއް އިމާރާތްތަކުގައި އަމިއްލަ ތަކެތީގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ސުކޫލްގެ ބައެއް އިމާރާތްތަކުގައި ، އަމިއްލަ ތަކެތީގައި ކުލަލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ރަޖިސްޓްރީކުރުމަށް، 26 ނޮވެމްބަރ 2026 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދެވޭނެއެވެ.
- ރަޖިސްޓްރޭޝަން ފޯމުގެ ލިންކް: https://forms.gle/3mMgEydrA3WwdpNp7
- އީ-މެއިލް: [email protected]
- ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
- މަޢުލޫމާތު ސާފުކުރުމާއި ސައިޓް އިންސްޕެކްޝަން އަދި ބޭނުންވާ މިންތައް ނެގުން އޮންނާނީ 29 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހު ހެނދުނު 09.00 އިން 11:00 އަށް ނޫރާނީ ސްކޫލްގައި އަދި 30 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހު ހެނދުނު 09.00 އިން 11:00 އަށް ނޫރާނީ ސްކޫލްގައި
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06ޑިސެމްބަރ 2026 ވާ ބުރާސްފަތި ދުވަހު ހެނދުނު 10.00 ގައި ނޫރާނީ ސްކޫލްގައި
- މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26 ނޮވެމްބަރ 2026 ގެ 14:00 ގެ ނިޔަލަށް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި ޢިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޫރާނީ ސްކޫލް
ފޯން: 6885917
އީ-މެއިލް: [email protected]
19 ނޮވެންބަރު 2026
ހޯދާ
