ދިވެހިރާއްޖެ
އިޢުލާން
2027 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައި.ޔޫ.އެމް އާއި އައި.ޔޫ.އެމްގެ ކެމްޕަސްތަކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް
|
ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 31 ޑިސެންބަރު 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ.
މީގެ އިތުރުން، ރ. އުނގޫފާރު އައިޔޫއެމް ކެމްޕަސް (އުނގޫފާރު އިސްލާމީ މަރުކަޒު)، ޅ. ނައިފަރު އައިޔޫއެމް ކެމްޕަސް (ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)، ލ. ފޮނަދޫ އައިޔޫއެމް ކެމްޕަސް (ލ.ފޮނަދޫ - ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)، ތިނަދޫ ސިޓީ އައިޔޫއެމް ކެމްޕަސް (ތިނަދޫ އިސްލާމީ މަރުކަޒު)، ފުވައްމުލައް ސިޓީ އައިޔޫއެމް ކެމްޕަސް (ފުވައްމުލައް ސިޓީ ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)، އައްޑޫ މީދޫ އައިޔޫއެމް ކެމްޕަސް (ކުރީގެ ޝަމްސުއްދީން ސްކޫލް)، އަދި އައްޑޫ ސިޓީ މަރަދޫފޭދޫ އައިޔޫއެމް ކެމްޕަސް (އައްޑޫ ސިޓީ މަރަދޫފޭދޫ – ކުރީގެ މަރަދޫފޭދޫ ސްކޫލް) އަށް ހުށަހެޅޭނެއެވެ.
އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ. އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.ium.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ހޮޓްލައިން 1405 ނަންބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު
ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި
- ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު
- އެޓެސްޓް / އެކްރެޑިޓް ކުރެވިފައިވާ ސަނަދުތަކާއި ޓްރާންކްރިޕްޓްތަކުގެ ސާފު ކޮޕީ
- އައިޑީކާޑުގެ ސާފު ކޮޕީ.
- ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.
- 2 ބޭފުޅެއްގެ ރިފަރެންސް ލެޓާރ (ޕީ.އެޗް.ޑީ ކޯހަށް ފޯމު ހުށަހަޅާ ފަރާތްތަކުން އެކަނި)
- ކޮންސެޕްޓް ޕޭޕަރ (ޕީ.އެޗް.ޑީ ކޯހަށް ފޯމު ހުށަހަޅާ ފަރާތްތަކުން އެކަނި)
އިނގިރޭސި - (https://ium-media.s3.ap-southeast-1.amazonaws.com/research-concept-paper-template-for-pg-programs-final-1672636992gmbSd.pdf)
ދިވެހި - https://www.ium.edu.mv/downloads))
- ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
- އައި.ޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަޞްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަޞްލު ދޫކުރެވޭނެއެވެ.
- އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަޞްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
- ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3022120 ނަންބަރަށެވެ. ނުވަތަ ޔުނިވަރސިޓީގެ ހޮޓްލައިން 7923247 ނަންބަރަށެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު
- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން
- ރ. އުނގޫފާރު އައިޔޫއެމް ކެމްޕަސް (ރ.އުނގޫފާރު – އިސްލާމީ މަރުކަޒު)
- ޅ. ނައިފަރު އައިޔޫއެމް ކެމްޕަސް (ޅ. ނައިފަރު - ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)
- ލ. ފޮނަދޫ އައިޔޫއެމް ކެމްޕަސް (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)
- ތިނަދޫ ސިޓީ އައިޔޫއެމް ކެމްޕަސް (ތިނަދޫ ސިޓީ – އިސްލާމީ މަރުކަޒު)
- ފުވައްމުލައް ސިޓީ އައިޔޫއެމް ކެމްޕަސް (ފުވައްމުލައް ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)
- އައްޑޫ މީދޫ އައިޔޫއެމް ކެމްޕަސް (އައްޑޫ މީދޫ – ކުރީގެ ޝަމްސުއްދީން ސްކޫލް)
- އައްޑޫ ސިޓީ މަރަދޫފޭދޫ އައިޔޫއެމް ކެމްޕަސް (އައްޑޫ ސިޓީ މަރަދޫފޭދޫ – ކުރީގެ މަރަދޫފޭދޫ ސްކޫލް)
އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް admissions.ium.edu.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
06 ޖުމާދަލްއާޚިރު 1448
17 ނޮވެންބަރު 2026
