މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށު އެކަމަޑޭޝަން (ކެނދި އުރަހަ-2) ކުއްޔަށް ދޫކުރުމާ ގުޅޭ

ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށު ކެނދި އުރަހަ-2 އެކަމަޑޭޝަން ދިރިއުޅުމަށް، 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

މި އެކަމަޑޭޝަން ކުއްޔަށް ނަގަން ޝައުޤުވެރިވާ ފަރާތްތަކުން 29 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހު 11:00 ގައި ކައުންސިލުގެ މީޓިންގ ރޫމަށް ވަޑައިގެން އަގުބަޔާންކޮށް މިއިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ ފޯމް ހުށަހެޅުމަށް ދަންނަވަމެވެ.  ފޯމްއާއިއެކު ކުއްޔަށް ނަގާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

މި އެކަމަޑޭޝަން ބްލޮކްގައި ހިމެނެނީ 4 ކޮޓަރިއާއި ފާޚާނާ އަދި ބަދިގެއާއި ސިޓިންގް ރޫމްއެކެވެ. މިތަނުގައި ބޭނުންކުރާނެ ފަރުނީޗަރާއި ހިފާ ގެންގުޅޭނެ އެހެނިހެން ވަޞީލަތްތައް ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. ކެނދި އުރަހަ-2 ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 6000ރ (ހަހާސް) ރުފިޔާއެވެ.

ކުއްޔަށް ދޭނެ ފަރާތެއް ކަނޑައެޅުމުގައި މާކްސް ދެވޭނެ ގޮތް:

އަގަށް:

ކުލީގެ ގޮތުގައި ހުށަހަޅާފައިވާ ޖުމްލަ އަގަށް. ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މީލާދީ ކޮންމެ މަހަކަށް 6000ރ (ހަހާސް ރުފިޔާ) އެވެ. އެންމެ މަތީ އަގު ހުށަހަޅާފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ދެވޭނެއެވެ.

100%

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 ނޮވެންބަރު 2026
ހޯދާ