ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"މިރުސް ފުޓްސަލް ޗެލެންޖް 2027" ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލުން
15 ޖެނުއަރީ 2027 ގައި ފެށުމަށް ކައުންސިލުން އިންތިޒާމުކުރާ "މިރުސް ފުޓުސަލް ޗެލެންޖް 2027" ފުރިހަމަ ގޮތެއްގައި ކާމިޔާބުކަމާއެކު ކުރިއައްގެންދިއުމަށް ސްޕޮންސަރ ބޭނުންވާތީ މިމުބާރާތް ސްޕޮންސަރ ކުރުމަށް ބޭނުންވާ ވިޔަފާރިތަކާއި، ކުންފުނިތައް އަދި އަމިއްލަ ފަރުދުންނަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، "މިރުސް ފުޓުސަލް ޗެލެންޖް 2027" އަށް ސްޕޮންސާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 15 ނޮވެމްބަރ 2026 ފެށިގެން 10 ޖަނަވަރީ 2027 ވަނަ ދުވަހުގެ ނިޔަލައް ފޯނުން ނަމަ 7573761 ނަމްބަރަށް ގުޅުއްވާ، އީމެއިލުން ނަމަ [email protected] އަށް މެއިލްކޮށްދިނުން އެދެމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ނޮވެންބަރު 2026
ހޯދާ
