ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1448 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 1448  ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް އިޚްލާޞް އަދި ކުރީގެ ހުކުރު މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ 02 ޙާފިޡުން މި ކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، މިކަމަށް ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،  24 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން އަގު ބަޔާންކޮށް ކޯޓޭޝަން ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދި ދަންނަވަމެވެ. ކޯޓޭޝަން ނުވަތަ އަންދާސީ ހިސާބު އީމެއިލްގެ ޒަރިއްޔާއިން ހުށަހެޅުއްވުމަށް ބޭނުންނަމަ، މި އިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދި ދަންނަވަމެވެ. މިކަމާގުޅޭ ގޮތުން  އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520046 ފޯނާއި ގުޅުއްވާ އެމަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ހުށަހަޅުއްވާ ކޯޓޭޝަންގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

1.    ޙާފިޡުންގެ ދެކޮޅު ޓިކެޓް ( ރާއްޖެއިން ބޭރުން ގެނައުމާއި، އެބުރި ޤައުމަށް ފޮނުވުމުގެ ޚަރަދު)

2.     މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދާއި އަދި ރަށަށް ފޮނުވުމާއި އެބުރި މާލެ ދިއުމުގެ ޚަރަދު

3.  ދިވެހި ޙާފިޡުންނަމަ، ޙާފިޡުން ވައިކަރަދޫއާއި ހަމައަށް ގެނައުމުގެ ޚަރަދާއި އެބުރި ފޮނުވުމުގެ ޚަރަދު)

4.     ވިސާ ފީ ދެއްކުމާއި އިންޝުއަރެންސް ފީ ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރުން.

5.  ހާފިޡުންނަށް ދޭ އެލަވެންސް އަދި އެހެނިހެން އިނާޔަތްތަކުގެ ތަފްޞީލް

6.     ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ނަމްބަރު، އައިޑީކާޑު ކޮޕީ، (ކުންފުންޏެއްނަމަ ރަޖިސްޓްރީ ކޮޕީ)

7.     ތަޖުރިބާ ލިޔުން އޮތްނަމަ އެފަދަ ލިޔުންތަކުގެ ކޮޕީ

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ނޮވެންބަރު 2026
ހޯދާ