ދިވެހިރާއްޖެ
އިޢުލާން
ވާދޫގައި މާހަދަން ދަސްކޮށްދޭ ކޯހެއް ހިންގުމާއި ގުޅޭ
ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިސްނަގައިގެން، ވާދޫ ކައުންސިލާއި ގުޅިގެން ވާދޫގައި މާހަދަން ދަސްކޮށް ކޯހެއް ހިންގުމަށް ވަނީ ރޭވިފައެވެ. މިކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ޑިސެންބަރު 13 އިން 2026 ޑިސެންބަރު 16 ގެ ނިޔަލަށް، ޖުމްލަ 04 ދުވަހުގެ މުއްދަތަށެވެ.
މިކޯހުގައި ބައިވެރިވުމުގެ ފީއަކީ -/300 (ތިން ސަތޭކަ) ރުފިޔާއެވެ. އަދި ކޯހުގައި ބޭނުންކުރާ އެންމެހާ ތަކެތި ފޯރުކޮށްދޭނީ ކޯސް ހިންގާދޭ ފަރާތުންނެވެ.
ވީމާ، މިކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް، ނަން ނޯޓްކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓު ކުރުމުގެ ސުންގަޑި އަކީ 2026 ނޮވެންބަރު 29 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.
ފޯމުގެ ލިންކް: https://www.forms.mv/TnBD9
މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
09 ޖުމާދަލްއާޚިރާ 1448
