ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރުގެ 28 ވަނަ އާއްމު ޖަލްސާ )

ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)

 

ނަމްބަރ (5)394/2026/25 :

ނިންމުން ނިންމި ޖަލްސާ

ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 28 ވަނަ އާއްމު ޖަލްސާ (2026/37)

ޖަލްސާ ބޭއްވި ތާރީޚް: 29 އޮކްޓޫބަރ 2026

ޖަލްސާ ބޭއްވި ގަޑި: 11:00 އިން 11:30 އަށް

ކައުންސިލްގެ ނިންމުން

1. މައްސަލައިގެ ޚުލާޞާ

- މަހުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ވަގުތީ 2 ބިން ދޫކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

 

މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:

- މަހުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ވަގުތީ 2 ބިން ދޫކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުމާ ގުޅޭގޮތުން ތ.އޮމަދޫ އިރުވާ ފަރާތުން ހަވީރީހިނގުމުގެ އުތުރުފަރާތުން އޮތް ބިން (ނަންބަރު 4) އަދި ތ.އޮމަދޫ ދެކުނުފަރާތުން ޑެއިޒީ މަގާއި ސްޕޯޓްސް އެރީނާ އާއި ދެމެދުގައިވާ ބިން (ނަންބަރު 9) ކުއްޔަށް ދިނިމަށް ފާސްވެޖެކަމުގައި ރިޔާސަތުން ނިންމެވިއެވެ.

 

ވޯޓުދިން ގޮތުގެ ތަފްޞީލް:

-          ކައުންސިލް މެމްބަރުންގެ ޢަދަދު 3،  ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 3،  ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 3، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 3

19 ނޮވެންބަރު 2026
ހޯދާ