ދިވެހިރާއްޖެ
އިޢުލާން
|
" މާޅޮސް ލީގް 2026 " ރެފްރީންގެ ހުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން: |
" މާޅޮސް ލީގް 2026 " ގެ ރެފްރީން ހުރުމަށް 3 ކޮޓަރީގެ އެޕާޓްމަންޓްއެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
" މާޅޮސް ލީގް 2026 " ގެ ރެފްރީންގެ ހުރުމަށް ބޭނުންވާ 3 ކޮޓަރީގެ އެޕާޓްމަންޓްއެއް ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ރެފްރީން ބެހެއްޓުމަށް އެއާކޯން ކޮށްފައިވާ ކޮޓަރި ފާޙާނާއާއިއެކު ހުންނަންވާނެއެވެ. އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ބޭނުންވަނީ 10 ޑިސެމްބަރ 2026 އިން 25 ޑިސެމްބަރ 2026 ގެ ނިޔަލަށެވެ.
ޕޮއިންޓް ދެވޭނެގޮތް.
- ހުށަހަޅާ އެންމެ ދަށް އަގަށް 100 މާކްސް.
- ތަން ހަވާލުކުރުމުގެ ކުރިން ކައުންސިލުން ތަން ބަލައި ހުރުމަށް އެކަށީގެންވާ ތަނެއްތޯ ޗެކްކުރާނެއެވެ. އަދި އެންމެ ދަށް އަގު ހުށަހެޅިފަރާތަށް މަސައްކަތް ހަވާލުކުރުމަށް އެކަށީގެން ނުވާނަމަ 2 ވަނައަށް އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް އިސްކަންދެވޭނެއެވެ.
ކޯޓޭޝަން ހުށަހެޅުން:
މި މަސައްކަތުގެ ކޯޓޭޝަން ހުށަހެޅުން އޮންނާނީ 29 ނޮވެމްބަރ 2026 (އާދިއްތަ) ދުވަހުގެ 10:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ކޯޓޭޝަންތަކާއި މެއިލްމެދުވެރިކޮށް ހުށަހަޅާ ކޯޓޭޝަންތަށް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 26 ނޮވެމްބަރ 2026 (ބުރާސްފަތި) ދުވަހުގެ 14:00ކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
