ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން އާ ކަރަންޓް ލައިނެއް އެޅުން

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން އާ ކަރަންޓް ލައިނެއް އެޅުން

        ކޫލް ސްކޫލް މަޝްރޫޢުގެދަށުން މި ސްކޫލުގެ އޭސީތަކާ ގުޅާލުމަށް އާ ކަރަންޓް ލައިނެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި، މި ސްކޫލުގެ 945/IUL/2026/27 ( 08 ނޮވެމްބަރ 2026 ) ނަންބަރ އިޢުލާނާގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަނަށް އެއްވެސް ފަރާތަކުން  ހާޒިރުވެފައިނުވާތީ، އެ ފުރުސަތު އަލުން ހުޅުވާލީމެވެ.

     މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަށް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

       ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓަރވެ، ދެންނެވިފައިވާ ތާރީޚަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.. ބީލަން ހުށަހެޅޭނީ ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ތަފްސީލް

ތާރީޚް / ދުވަސް

ގަޑި

ތަން/އެޑްރެސް

ބީލަމުގައި ރަޖިސްޓްރީވުން

24 ނޮވެމްބަރ 2026

( އަންގާރަ )

23:00 ގެ ކުރިން

ރަޖިސްޓްރޭޝަން ފޯމް ލިންކް:

http://bit.ly/42QbxJu

ސުވާލެއްވާނަމަ ފޮނުވުން

25 ނޮވެމްބަރ 2026

( ބުދަ )

12:00 ގެ ކުރިން

([email protected])

މައުލޫމާތު ސާފުކޮށްދިނުން

26 ނޮވެމްބަރ 2026

( ބުރާސްފަތި )

13:00

ހެނބަދޫ ސްކޫލް މީޓިން ރޫމް

ބީލަން ހުށަހެޅުމާ ހުޅުވުން

03 ޑިސެމްބަރ 2026

( ބުރާސްފަތި )

13:00

ހެނބަދޫ ސްކޫލް މީޓިން ރޫމް

 

                  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6560571 އާ ގުޅުއްވުން އެދެމެވެ. ނުވަތަ [email protected]   އަށް މެއިލް ކުރެއްވުން އެދެމެވެ.

19 ނޮވެންބަރު 2026
ހޯދާ