ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މި އެޖެންސީގެ އޮފީސް އިމާރާތުގައި އިންސްޓޯލްކުރެވިފައިވާ އޭސީ ޔުނިޓްތައް 3 (ތިނެއް) މަސް ދުވަހަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް:

އިޢުލާން

މި އެޖެންސީގެ  އޮފީސް  ޢިމާރާތުގައި އިންސްޓޯލްކުރެވިފައިވާ އޭސީ ޔުނިޓްތައް 3 (ތިނެއް) މަސް ދުވަހަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް:

         މި އެޖެންސީގެ  އޮފީސް  ޢިމާރާތުގައި ހަރުކޮށްފައިވާ އެއަރ ކޮންޑިޝަންތައް 3 (ތިނެއް) މަސް ދުވަހަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

          މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓް www.nspa.gov.mv ގައި ޝާޢިއުކުރެވިފައި ވާނެއެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑީގައި މި އޮފީހަށް ދުރުވެ، މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

ތަފްޞީލު

ތާރީޚު

ދުވަސް

ގަޑި

ސައިޓް ސާވޭ ކުރުމާއި މައުލޫމާތު ސާފުކުރުމުގެ ސެޝަން

24 ނޮވެންބަރު 2026

އަންގާރަ

11:30 ހެނދުނު

އަންދާސީހިސާބު ހުށަހެޅުން

29 ނޮވެންބަރު 2026

އާދީއްތަ

11:00 ހެނދުނު

އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މއ. އުތުރުވެހީގެ (6 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް) އަށް.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

-          ފޯން:  3005353

-          އީމެއިލް: [email protected]

19 ނޮވެންބަރު 2026

19 ނޮވެންބަރު 2026
ހޯދާ