ދިވެހިރާއްޖެ
`
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު
ކ. މާފުށި، ދިވެހިރާއްޖެ
އިޢުލާން
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އިރުމަތީ ފަރާތު މަގުން ވަދެނިކުމެވޭ ގޮތަށް މަގުފާރުގައި ދޮރެއް ކަނޑާ ގޭޓް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.
މިކޯޓުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޯޓުގެ އިރުމަތީ ފަރާތު މަގުން ވަދެ ނިކުމެވޭ ގޮތަށް މަގުފާރުގައި ދޮރެއް ކަނޑާ ގޭޓެއް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ 13:00 އަށް މިކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 29 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު މި މަސައްކަތް ކުރުމަށް ބޭނުންކުރައްވާ ތަކެތީގެ އަގުތައް ވަކިން އެނގޭނެ ގޮތަށް ލިސްޓެއް ތައްޔާރުކުރުމަށްފަހު ހުށަހެޅުމަށް ދަންނަވަމެވެ. މިއިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހާޟިރުވާއިރު އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ.
އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.
09 ޖުމާދަލްއާޚިރާ 1448
18 ނޮވެންބަރު 2026
