އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޢިއުލާން - ކުއްޔަށް ހިފުން
ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ބޭނުމަށް ސ.ފޭދޫ އިން ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރ: S4C-A/2026/41 އިއުލާނަށް ދީފައިވާ ސުންގަޑި ހަމަވި އިރު ކުރިމަތި ލައްވާފައިވާ ފަރާތުން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުގައި ދީފައިވާ މައުލާތޫ ޝީޓުގެ 1.1 ގެ ޝަރުޠު ހަމަނުވާތީ އެ އިއުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރުމަށް ނީންމީމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 24 ނޮވެމްބަރ 2026 ވާ ދުވަހުގެ 10:30 ގައި އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓުގައެވެ. މަޢުލޫމާތު ސެޝަން އޮންނަ ގަޑީގައި މަޢުލޫމާތު ޝީޓް އަދި މާކްސް ދެވޭނެގޮތުގެ ތަފްޞީލް ޝީޓް ޙަވާލުކުރެވޭނެއެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 29 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 13:30 ގައި އައްޑުއަތޮޅުފޭދޫ މެޖިސްޓްރޭޓްކޯޓުގައެވެ. ހުށަހެޅޭ ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ، އިއްލާން ނަމްބަރ، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ބީލަން ހުށަހެޅުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. އަދި އެއްކަރުދާސް ކުރެވިފައިވާ ފުރުމަށްފަހު ބީލަމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންވާނެއެވެ.
18 ނޮވެންބަރު 2026
ހޯދާ
