ދިވެހިރާއްޖެ
މުލަކަތޮޅު މަޑުއްވަރީގައި ތަރައްޤީކުރަމުން އަންނަ މ. މަޑުއްވަރި ވޭސްޓް މެނޭޖްމަންޓް އެންޑް ކަލެކްޝަން ސެންޓަރ ސައިޓު ހިމެނޭ ސަރަޙައްދުގައި ހުރި ނައްތާލާން އުނދަގޫ ޒާތުގެ ކުނިބުނި ( ލެގަސީ ވޭސްޓް) އެތަނުން ނަގައި އެސެންޓަރުގެ ދެކުނުން އޮތް ހުސް ބިމަށް އަޅައިދޭނޭ ފަރާތެއް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 2026 ނޮވެމްބަރ 24 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މަސައްކަތުގެ ކޯޓޭޝަން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އާންމުކޮށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ކޯޓޭޝަން މި އިދާރާގެ މެއިލް [email protected] އަށް ހުށަހެޅުމަށް ދަންނަވަމެވެ. މި އިޢުލާނާއެކު ހަވާލާދީފައިވާ ސައިޓުގެ ޙާލަތު އެނގޭނެ ފޮޓޯ އެއްހީރަސްކުރެވިފައިވާނެ ކަމުގައި މަޢުލޫމާތައްޓަކައި ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅު ފަރާތްތަކުން މި އިދާރާގެ 6720038 ނަންބަރު ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
