ދިވެހިރާއްޖެ
ޤަބުރުސްތާން ނޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)316/316/2026/91 (15 ނޮވެމްބަރ 2026) އިއުލާނާ ގުޅިގެން ކޯޓޭޝަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ނޮވެމްބަރ 23 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މަސައްކަތް ކޮށްދެވޭނެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މަސައްކަތް ކޮށްދެވޭނެ މުއްދަތު މި ކޯޓޭޝަންގައި ހިމަނަންވާނެއެވެ. އަދި ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޯޓޭޝަނާއެކު ހުށަހަޅަންވާނެއެވެ.
އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން އީމެއިލް ކުރައްވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ހޮވޭ ފަރާތް ކަނޑައެޅުމަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް:
|
ދާއިރާ |
ތަފްސީލް |
މާކްސް (%) |
|
އަގު |
|
60 |
|
މުއްދަތު |
|
40 |
|
ޖުމްލަ |
100 |
|
މައިގަނޑު މަސައްކަތްތައް:
- ޤަބުރުސްތާނުގައި ހެދިފައިވާ ވިނަތައް ނޮޅައި ބިން ސާފުކުރުން (ނޮޅައި ނެގޭ ވިނަތައް ކައުންސިލް އިދާރާއިން އަންގާ ތަނަކަށް ގެންގޮސް ނައްތާލުން).
- ދުންނިކަގަހުގެ ތިރިވެފައިވާ އަފިތައް ކޮށުން.
- ޤަބުރުސްތާނު ނޮޅުމުގެ ތެރޭގައި ނެގޭ ގަލާއި އަކިރި އަދި ފަނާނުވާ ޒާތުގެ ކުނި ނަގައި، މިފަދަ ކުނިތައް ނައްތާލުމަށް ހަމަޖެހިފައިވާ ގޮތުގެމަތިން ނައްތާލުން.
މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ ނަންބަރު 4001060 ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
