ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ ކަންމުޑިރާނާ ރަޖިސްޓްރީ ކުރުމާ ގުޅޭ

2012 ވަނައަހަރު ދޫކުރެވިފައިވާ ގޯތިތަކާއި، 2025 ވަނައަހަރު ދޫކުރެވިފައިވާ ގޯތިތަކާއި، އެސަރަހައްދުގެ މަގުތަކުގައި ހުރި ރުއްގަސްނަގާ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ކަންމުޑި ރާނާފައިވާ ގިނަ ގޯތިތަކެއްގެ ކަންމުޑިވަނީ ހަލާކުވެފައެވެ.

ވީމާ، 2012 ވަނަ އަހަރާއި، 2025 ވަނަ އަހަރު ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން ތިރީގައި އެވާ ޗާޓްގައި ހިމެނޭ ގޯތިތަކުގެ އިންވަކިކޮށް ނިމިފައިވާތީ، އެ ސަރަހައްދުގައި ހިމެނޭ ގޯތިތަކުގެ ވެރިން، މިއަދުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ކައުންސިލް އިދާރާއަށް އެންގުމަށްފަހު، އިދާރާއިން ދޭ އިރުޝާދާއެއްގޮތަށް ގޯތީގެ ކަންމުޑިރާނާ، ރަޖިސްޓްރީކޮށް ނިންމެވުމަށް ދަންނަވަމެވެ.

 

18 ނޮވެންބަރު 2026
ހޯދާ