ދިވެހިރާއްޖެ
ރ.ދުވާފަރުގެ މަގުތަކާއި ހުސްބިންތަކުގައި ތަންތަންއަޅާ ބައުތަކެތި ބަހައްޓައި އެފަދަ ތަންތަން މިކައުންސިލްގެ ހުއްދަނެތި ޤަވާއިދާއި ޚިލާފަށް އެކިފަރާތްތަކުން ބޭނުން ކުރުންވަނީ އާންމުކަމަކަށްވެފައެވެ. މިކައުންސިލްގެ ހުއްދަނެތި ޤަވާއިދާއި ޚިލާފަށް ބިން ބޭނުން ކުރަމުންދާ ފަރާތްތަކަށް އެގޮތަށް އެކަން ނުކުރުމަށް ވާނީ އަންގާފައެވެ
ޤަވާއިދާއި ޚިލާފަށް ބަހައްޓާފައި ހުންނަ ތަކެތީގެ ތެރޭގައި މަގުމަތީގައި ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުންނަ ޖޯލިފައްޗާއި މަސްކައްކާ ދިލަޖެއްސުމަށް ހަދާފަ ހުންނަ މޯބައިލް ބަދިގެތަކާއި ވީރާނާވާން ދޫކޮށްލާފައިވާ އެއްގަމު އުޅަނދުފަހަރު ހިމެނެއެވެ. މިދެންނެވި ބާވަތްތަކުގެ ތަކެތީގެ އިތުރަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ ރަށުގެ ހުސްބިންތަކުގައި އަޅާފައިވާ ތަންތަނެވެ.
ވީމާ، ދުވާފަރު ކައުންސިލްގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަން ކަނޑައެޅުމާއި، ކައުންސިލްގެ އިދާރާގެ ހުއްދަނެތި އެތަންތަނުގައި ޤަވާއިދާއި ޚިލާފަށް ޢާންމު ފަރާތްތަކުން ބަހައްޓާފައި ހުންނަ މުދަލާއި، ތަކެއްޗާއި ތަންތަން ނެގުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އުޞޫލްގައިވާ ގޮތަށް މިއަދުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެފަދަ ތަންތަނާއި ތަކެތި ނަގާ ބިން ސާފުކޮށް މިއިދާރާއަށް ދެއްކުމަށް އަންގަމެވެ.
މިގޮތަށް ޢަމަލުނުކޮށްފިނަމަ، މިކަމާއި ގުޅިގެން ދެންވެސް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުންދާނެކަން އެފަދަ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ހަނދާންކޮށްދެމެވެ. މިއިޢުލާނާއި އެކު ކައުންސިލުން މިކަމަށް ފާސްކޮށްފައިވާ ޤަވާއިދާއި އުސޫލް އެއްކަރުދާސްކުރެވިފައިވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
