މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދުތަކާއި ، ދޯނިއެހެލާ ސަރަހައްދު އަދި ގްރީން ޒޯންތަކުގައި ބަހައްޓާފައިވާ އެކި އެކި ފަރާތް ތަކުގެ ތަކެތި ނެގުމާގުޅޭ

ނަމްބަރ: (IUL)320-PRM/320/2026/100

           

އިޢުލާން

                 

އިޖުތިމާއީ ސަރަހައްދުތަކާއި ، ދޯނިއެހެލާ ސަރަހައްދު އަދި ގްރީން ޒޯންތަކުގައި ބަހައްޓާފައިވާ އެކި އެކި ފަރާތް ތަކުގެ ތަކެތި ނެގުމާގުޅޭ:

 

                 އޭދަފުށްޓަކީ ސާފުތާހިރު ރީތި ރަށެއްގެ ގޮތުގައި ބޭއްވުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ  ޒިންމާއެއްކަމުގައި ދެކި އޭދަފުށީގެ މަގުތަކާއި ، ހުޅަނގު ސަރަހައްދާއި ، އިރުމަތި ސަރަހައްދާއި ، ބަދަރު ސަރަހައްދާއި ، ދޯނި އެހެލާ ސަރަހައްދާއި ، ޖުމްލަކޮށް އިޖްތިމާއީ ސަރަހައްދު ތަކުގައި ކައުންސިލްގެ ހުއްދަ ނެތި ބަހައްޓާފައިވާ އަމިއްލަ މީސްމީހުންގެ ތަކެތި 2026 ޑިސެމްބަރ 1 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެތަންތަނުން އެތަކެތި ނެންގެވުމަށް އެތަކެތީގެ ވެރިންނަށް އަންގާ ނަސޭހަތްތެރިވަމެވެ. ވުމާއެކު 2026 ޑިސެމްބަރ 06 ވާ އާދީއްތަ ދުވަހުން ފެށިގެން ދެންނެވިފައިވާ ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ތަކެތި ކައުންސިލުން ނަގަމުން ގެންދާނެ ވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

                   އަދި ، ދަންނަވަމެވެ. އޭދަފުށްޓަކީ ސާފުތާހިރު ރީތި ރައްކާތެރި ރަށެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކައުންސިލްގެ ފަރާތުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ތަކެތި ނެގުމުގެ މަސައްކަތް ކުރެވެމުންދާއިރު ތަކެއްޗަށްވާ ގެއްލުމަކަށް ކައުންސިލްގެ ފަރާތުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 09 ޖުމާދަލްއާޚިރާ 1448ހ

18 ނޮވެންބަރު 2026
ހޯދާ