ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ 17 ވަނަ ބިޑުކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން

 

އިޢުލާން

ތާރީޚް: 18 ނޮވެމްބަރ 2026

ނަންބަރ: (IUL)327-A/327/2026/224

              ބިޑުކޮމެޓީގެ ނިންމުން ޢާންމުކުރުން      

                        

ތިރީގައި އެވަނީ 18 ނޮވެމްބަރ 2026 ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2026 ވަނަ އަހަރުގެ 17 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

  1. ބަނދަރު ޖެޓީގެ ބައެއް ސިޑިތަކުގައި ރެއިލިންގ ހަރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު  ނަންބަރު (IUL)327-A/327/2026/183 އިޢުލާނާއި ގުޅިގެން، މި ބީލަމަށް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމާއި މި ފަރާތުން ހުށަހަޅާފައިވާ އަގަކީ މި މަސައްކަތަށް އެކަށީގެންވާ އަގަށްވުރެން ބޮޑު އަގެއް ކަމަށް ފެންނާތީވެ އަލުން ބީލަން އިޢުލާން ކުރުމަށް ފެންނަކަމަށް ނިންމުން.
  2. ނައިފަރު މަސްޖިދުއް ތަޤުވާ، މަސްޖިދުލް ހާދީ އަދި މަސްޖިދުއްސިއްދީޤު ގައި ނޮވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު  ނަންބަރު (IUL)327-A/327/2026/191 އިޢުލާނާއި ގުޅިގެން، މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާތީވެ، ދެން އަންނަ ބިޑްކޮމެޓީ ޖަލްސާއަށް އެޖެންޑާ ކުރަން ފެންނަކަމަށް ނިންމުން.
  3. ނައިފަރު ކައުންސިލްގެ އިދާރާ އާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އެންމެހާ އިމާރާތްތަކާއި ސަރަހައްދުތަކުން ނެގޭ ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު  ނަންބަރު (IUL)327-A/327/2026/193 އިޢުލާނާއި ގުޅިގެން، އިވެލުއޭޝަންގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް މި ބީލަމަށް ހުށަހަޅާފައިވާ HALAAZ އިން ހުށަހަޅާފައި އަގަކީ ބަޖެޓަށް ފެތޭއަގެއް ކަމުގައިވާތީ މި ފަރާތަށް ބީލަން އެވަރޑް ކުރަން ފެންނަކަމަށް ނިންމުން.
  4. ނައިފަރު ކައުންސިލަށް ހައިބެކް ޗެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2026/111 އިޢުލާނާއި ގުޅިގެން ބީލަން އެވަރޑް ކޮށްފައިވާ Office Plus Pvt Ltd އިން ފޮނުވާފައިވާ މެއިލްއާއި ގުޅިގެން، މި ބީލަން އެވަރޑް ކޮށްފައިވާ  Office Plus Pvt Ltdއިން މަސައްކަތް ދޫކޮށްލާފައިވާތީ، ބީލަން އަލުން އިޢުލާން ކުރުމަށް ފެންނަކަމަށް ނިންމުން.
  5. ޖަލްސާގެ ޔަޢުމިއްޔާ ފާސްކުރުން.

 

18 ނޮވެންބަރު 2026
ހޯދާ