ދިވެހިރާއްޖެ
15 ޑިސެމްބަރ 2026ގައި ފެށުމަށް ހަމަޖެހިފައިވާ '' މަޑިފުށީ ކައުންސިލް ފުޓްސަލް ޗެލެންޖު 2026'' މި މުބާރާތުގެ މެޗްތަކުގެ ފޮޓޯނެގުމާއި، މުބާރާތާއި ގުޅޭ ޕޯސްޓްތައް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މުބާރާތުގައި 4 ޓީމް ބައިވެރިވެފައިވާއިރު، މުބާރާތުގައި ޖުމްލަ ކުޅޭނީ 8މެޗެވެ. މި ޢިޢުލާނާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގެ ތަފްސީލް ތިރީގައިއެވަނީއެވެ.
- ކޮންމެ މެޗެއްގައި މަދުވެގެން 18 ފޮޓޯ ނަގައި މި އިދާރާގެ ފޭސްބުކް ޕޭޖްގައި ޕޯސްޓް ކުރުން.
- ކޮންމެ މެޗެއްގައި މެޗް ފެށުމުގެ 8 ގަޑިއިރު ކުރިން މެޗްޑޭ ޕޯސްޓް އާންމު ކުރަންވާނެއެވެ.
- ޕޯސްޓް ތަކުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު
- ކައުންސިލްގެ ލޯގޯ އަދި ކައުންސިލުން އަންގާ އިތުރު ސްޕޮންސަރ ލޯގޯ
- މުބާރާތުގެ ލޯގޯ
- މެޗް ނިމުމަށްފަހު މޮޅު ކުޅުންތެރިޔާގެ ޕޯސްޓް ތައްޔާރު ކުރުން
- މޮޅު ކުޅުންތެރިޔާގެ ފޮޓޯ ، ފުރިހަމަ ނަން، ޖާޒީ ނަމްބަރު، ޓީމްގެ ލޯގޯ
- މެޗުގެ ނަތީޖާ، ގޯލްޖެހި ކުޅުންތެރިން އެނގޭގޮތައް
- މެޗް ނިމުމަށް ފަހު 90 މިނެޓް ތެރޭގައި ޕޯސްޓް ކުރަން ވާނެއެވެ.
- ފޮޓޯ ނަގާ ފަރާތުން މެޗް ފެށުމުގެ 10 މިނެޓް ކުރިން ވޮލީ ކޯޓަށް ހާޒިރުވާން ވާނެއެވެ.
- ދުވަހުން ދުވަހަށް ޕޮއިންޓް ޓޭބަލް އަޕްޑޭޓް ކުރުން (ގްރޫޕް ސްޓޭޖު 3ދުވަސް)
- މުބާރާތުގެ ފެށުމުގެ އަދި ނިންމުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް ޕޯސްޓް ކުރުން.
- ފެށުމުގެ އަދި ނިމުމުގެ ރަސްމިއްޔާތުގެ ފޮޓޯ ނެގުން ، މަޤާމްތަކަށް ހޮވޭ ފަރާތްތަކުގެ ފޮޓޯ ނަގައި އެޑިޓްކޮށް، ޕޯސްޓް ކުރުން
- ނަގާ ހުރިހާ ފޮޓޯގެ ކުއަލިޓީ ރަނގަޅުވާން ވާނެއެވެ. (minimum requirements)
- ރިސޮލިއުޝަން : 150dpi
- ޑައިމެންޝަން: 1000x1000 pixels
ފައިނަލް މެޗްގެ މަގާމްތަކާއި ވަނަ ތަކުގެ ޕޯސްޓްތައް ރަސްމިއްޔާތު ނިމޭތާ 3 ގަޑިއިރު ތެރޭގައި ޕޯސްޓް ކުރަންވާނެއެވެ. ހުރިހާ ޕޯސްޓެއް އަޕްލޯޑް ކުރާނީ މި އިދާރާގެ ފޭސްބުކް ޕޭޖްއިންނެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ނޮވެމްބަރ 2026ވާ ހޯމަ ދުވަހުގެ 11.00 އަށް މި އިދާރާއަށް ކޯޓޭޝަން (އަގު ހުށަހަޅާ ފޯމް) ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އެވޯޑް ކުރުމުގައި ބަލާނީ އެންމެ ކުޑަކޮށް އަގު ހުށަހަޅާ ފަރާތަށް ކަމުގައި ދަންނަވަމެވެ. އަގުހުށަހަޅާ ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
