ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
''މަޑިފުށީ ކައުންސިލް ފުޓްސަލް ޗެލެންޖު 2026'' ލައިވް ކަވަރޭޖް އާއިގުޅޭ

15 ޑިސެމްބަރ 2026ގައި ފެށުމަށް ހަމަޖެހިފައިވާ '' މަޑިފުށީ ކައުންސިލް ފުޓްސަލް ޗެލެންޖު 2026'' މި މުބާރާތުގެ މެޗްތައް ލައިވް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މުބާރާތުގައި 4 ޓީމް ބައިވެރިވެފައިވާއިރު، މުބާރާތުގައި ޖުމްލަ ކުޅޭނީ 8މެޗެވެ. މުބާރާތުގެ ލައިވްގެ ކަންކަން ކުރިއަށް ގެންދަންވާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. މުބާރާތުގެ ލައިވް ކަވަރޭޖް މެޗް ފެށުމުގެ (ޓޮސް) 5 މިނެޓް ކުރިން ފަށަންވާނެ އެވެ.
  2. މެޗްގެ ސްކޯ، ކަވަރޭޖް ކުރިޔަށް ދާއިރު ފެންނަންވާނެއެވެ.
  3. ލައިވް ކަވަރޭޖްގެ ކުއަލިޓީ 1080P އަށް ވުރެ ދައްވެގެން ނުވާނެވެ.
  4. މުބާރާތުގެ ފެށުމުގެ އަދި ނިންމުމުގެ ރަސްމިއްޔާރު ލައިވް ކުރުން.

ވީމާ، މިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ނޮވެމްބަރ 2026ވާ ހޯމަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އެވޯޑް ކުރުމުގައި ބަލާނީ އެންމެ ކުޑަކޮށް އަގު ހުށަހަޅާ ފަރާތަށް ކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

18 ނޮވެންބަރު 2026
ހޯދާ