ހައްދުންމަތީ މާވަށު ސްކޫލް
ދިވެހިރާއްޖެ
2027ވަނަ އަހަރު މާވަށު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

2027 ވަނަ އަހަރު މާވަށު ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

  1. 01 ޖެނުއަރީ 2027މ. ން 31 ޑިސެމްބަރ 2027މ. އަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް މިޚިދުމަތް ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ނޮވެމްބަރ 17 ން 2026 ނޮވެމްބަރ 26 ގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓްރީކުރާ ފޯމު ފުރިހަމަކުރެއްވުމަށްފަހު ސްކޫލްގެ އީމެއިލް [email protected] އަށް ފޮނުވައިދެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީ ކުރެއްވުމުން ރަޖިސްޓްރީ ކުރެއްވި ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން މެއިލް ފޮނުވޭނެއެވެ. އީމެއިލް ކުރަން ދަތި ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައިވާ ރަސްމީ ދުވަސްދުވަހު 8:00 އިން 14:00 ދެމެދު ސްކޫލް އޮފީހަށް ދުރުވެ ފޯމު ހުށައެޅުއްވުން އެދެމެވެ. ބިޑް ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބިޑް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މި ބިޑްގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2026 ނޮވެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] އީމެއިލް މެދުވެރިކޮށް ނުވަތަ 6800010 ނަންބަރަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޑިސެމްބަރ 02 ވާ ބުދަ ދުވަހުގެ 13:00 ގައިމާވަށު ސްކޫލް އޮފީހުގައެވެ.
  6. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް އަދި ބިޑް ރަޖިސްޓްރީކުރާ ފޯމު މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ސެކްޝަން

މާވަށު ސްކޫލް، ލ.މާވަށް، ދިވެހިރާއްޖެ.  

ފޯން:  6800010  | އީ-މެއިލް: [email protected] | ކޮޕީ-މެއިލް: -

17 ނޮވެންބަރު 2026
ހޯދާ