ދިވެހިރާއްޖެ
އިޢުލާން
ރ.އިންނަމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އައި.ސީ.އައި ފުޓްސަލް ޗެލެންޖް 2026" ގައި މާކުރަތުން ޓީމެއް ބައިވެރިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުން
ރ.އިންނަމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "އައި.ސީ.އައި ފުޓްސަލް ޗެލެންޖް 2026" ގައި މާކުރަތުގެ ފަރާތުން ފުޓްސަލް ޓީމެއް ބައިވެރިކުރުމަށްޓަކައި، މި މުބާރާތާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ޒުވާނުންނާއި، ކްލަބް ޖަމްޢިއްޔާތަކާއި އަދި އެންމެހާ ލޮބުވެތި ރައްޔިތުން، 2026 ނޮވެމްބަރ 20 ވާ ހުކުރު ދުވަހުގެ ރޭ 8:30 އަށް މާކުރަތު އިޖުތިމާޢީ މަރުކަޒަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
މި މުބާރާތުގައި ޓީމު ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 2026 ނޮވެމްބަރ 22 ވާ އާދީއްތަ ދުވަހުގެ 13:00 ކަމަށްވާތީ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
08 ޖުމާދަލްއާޚިރު 1448
