ދިވެހިރާއްޖެ
އިޢުލާން
މިރަށުގައި އަލަށް ދޫކޮށްފައިވާ ގޯތިތަކާއި ފަޅުގޯތިތަކުގެ މަގު ސާފުކުރުން
މިރަށަކީ ފަތުރުވެރިކަމުގެ ރޮނގުން ކުރިއަރަމުން އަންނަ ރަށެއްގެ އިތުރުން ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ރީތި ދޮންވެލި ގޮނޑުދޮށަކާއި ތުނޑިއެއް ހިމެނޭ ރަށަކަށްވާތީ މިރަށަށް ރާއްޖެއިންނާއި ރާއްޖޭން ބޭރުންވެސް ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަމުން ދާކަންފާހަގަ ކުރެވެއެވެ. ނަމަވެސް މިރަށުގެ އަލަށް ދޫކޮށްފައިވާ ބައެއް ފަޅުގޯތިތަކާއި މަގުތައް ސާފު ނުކުރާކަން ވަނީ ފާހަގަވެފައެވެ. އަދި ބައެއް ގޯތިތައް ވަރަށް ބޮޑަށް ޖަންގަލިވެ، މަގުތަކުގައި ވިނަ ގަސް ފަޅައި ވާވުމުގެ ސަބަބުން ހިނގާބިގާވުމަށް ދަތިވެފައެވެ. އަދި މި ސަރަހައްދަކީ ގިނަ ފަތުރުވެރިން ބޭނުންކުރާ ސަރަހައްދަކަށްވާތީ މަގުތައް އަބަދުވެސް ސާފުކޮށް ތާހިރުކޮށް ބޭވުމަށް އަންގަމެވެ.
އެހެންކަމުން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް، އަލަށް ނަގާފައިވާ ގޯތިތަކުގެ ގޯތިތެރެއާއި މަގުތައް އަދި ފަޅު ގޯތިތައް ސާފުކުރުމަށް އަންގަމެވެ. މިގޮތުން އެމީހެއްގެ ގޯތި އަދި މަގު ކޮންމެ ދުވަހަކުވެސް ކުނިކަހައި ސާފު ކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، އެކަން އެގޮތަށް ކުރުމަށް އަންގައި އިލްތިމާސް ކުރަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
05 جُمَادَىٰ ٱلْآخِرَة 1448
17 ނޮވެމްބަރު 2026
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް
