އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދަރުމަވަންތަ ހޮސްޕިޓަލުގެ އެޗް.ވީ.އޭ ސިސްޓަމް ސާރވިސްކޮށް މެއިންޓެނަންސް ބެލެހެއްޓުމަށް 03 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު 

 

 

އިޢުލާން ނަމްބަރ:   137-IU/PR/2026/157

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/W-31

 

ޕްރޮޖެކްޓްގެ ނަން: ދަރުމަވަންތަ ހޮސްޕިޓަލުގެ އެޗް.ވީ.އޭ ސިސްޓަމް ސާރވިސްކޮށް މެއިންޓެނަންސް ބެލެހެއްޓުމަށް 03 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

ދަރުމަވަންތަ ހޮސްޕިޓަލުގެ އެޗް.ވީ.އޭ. ސިސްޓަމްތައް ގަވާއިދުން ސާރވިސްކޮށް މެއިންޓެނަންސް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތް  ހަވާލުކުރާ ފަރާތުގެ 01 އަހަރު ދުވަހުގެ ޕާފޯމަންސަށް ބަލައި، އިތުރު 02 އަހަރު ދުވަހަށް ކޮންޓްރެކްޓް އިތުރުކުރެވޭނެއެވެ. ވީމާ، މިއިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ އާރ އެފް ޕީ (ރިކްއެސްޓް ފޮރ ޕްރޮޕޯސަލް) ގައިވާގޮތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ބިޑް ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް 

  • ބީލަން ހުށަހަޅަންވާނީ އާރ އެފް ޕީ ގައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ދީފައިވާ މައުލޫމާތާއި އެއްގޮތަށެވެ.
  • ކޯޓޭޝަންގައި ހުށަހަޅަންވާނީ ޖީއެސްޓީ ހިމަނައިގެންނެވެ.
  • އާރ އެފް ޕީ ގައި ބަޔާން ކުރާ ޑޮކިއުމަންޓްތައް ހުށަހެޅުމަށް ސަމާލުކަންދޭންވާނެއެވެ.
  • މި ބީލަމަށް ހުށަހަޅާ ޕްރޮޕޯސަލް/ ކޯޓޭޝަންގެ  ސޮފްޓްކޮޕީ ޕެންޑްރައިވް ގައި ހުށަހަޅަންވާނެއެވެ.

ބީލަން ހުށަހަޅާނެގޮތް 

ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް / އައި.ޖީ.އެމް ހޮސްޕިޓަލް 

ދަރުމަވަންތަ ހޮސްޕިޓަލުގެ އެޗް.ވީ.އޭ ސިސްޓަމް ސާރވިސްކޮށް މެއިންޓެނަންސް ބެލެހެއްޓުމަށް 03 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.   

 

ބީލަން ހުށަހެޅުން 

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް އާރ އެފްޕީގައި ބަޔާންކޮށްފައިވާނެއެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. 
  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޞިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް 

  1. ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޙިލާފް މައުލޫމާތު ހިމަނަފައިވުން. 
  2. ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން. 
  3. މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)  
  4. ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން. 

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ. 

ނޯޓު: 

މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، 

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ 

ފޯނު: +960 3335349 ، +960 3335254 

އީމެއިލް [email protected] 

ކޮޕީ: [email protected] 

    [email protected] 

 

07  ޖުމާދުލް އާހިރާ 1448

16 ނޮވެމްބަރ  2026

16 ނޮވެންބަރު 2026
ހޯދާ